ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 13:39
މާލެއަށް ވިއްސާރަވުމާއި ގުޅިގެން ސައިކަލެއްގައި ކުޑައެއް ނަގައިގެން މީހަކު ދަނީ
މާލެއަށް ވިއްސާރަވުމާއި ގުޅިގެން ސައިކަލެއްގައި ކުޑައެއް ނަގައިގެން މީހަކު ދަނީ
ޝުއައިބް މުހައްމަދު އިގްބާލް
ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލަރޓް ނ
ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލަރޓް ނެރެފި
 
ވައިޓް އެލަރޓް ނެރެފައިވަނީ މެންދުރު 12:30 އިން ހަވީރު 5:30 އާ ހަމައަށް

ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. މި ހިސާބަށް ވައިޓް އެލަރޓް ނެރެފައިވަނީ މެންދުރު 12:30 އިން ހަވީރު 5:30 އާ ހަމައަށެވެ.

މިއަދު ހެނދުނު 10 އިން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ވެސް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

އެ އިދާރާއިން ބުނީ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް