ހޯމަ 17 ފެބުރުއަރީ 2020
ހިޔަވިހާ 4
1441 ޖުމާދުލް އާހިރަތު 23
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35
ދުނިޔެ - ޖަރުމަން

ޖަރުމަނުގައި ދިން ބަޑީގެ ޙަމަލާތަކެއްގައި ދެމީހުން މަރުވެއްޖެ

  • އެ ހަމަލާތަކުގައި މަރުވީ އަންހެނަކާއި ފިރިހެނެއް
  • އެ މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުން

މުހައްމަދު މުސްތަފާ
musthomummu

ކ. މާލެ 10 އޮކްޓޯބަރ 2019 | ބުރާސްފަތި 12:59 2,794

ޖަރުމަން - ގޫގުލް

ޖަރުމަނުގެ އިރުމަތީ ސިޓީ އެއް ކަމަށްވާ ހޭލީ ގައި ދިން ބަޑީގެ ހަމަލާތަކެއްގައި ދެމީހުން މަރުވެއްޖެއެވެ.

ހޭލީ ސިޓީގައި ދިން ބަޑީގެ ދެ ހަމަލާގައި މަރުވެފައި ވަނީ އަންހެނަކާއި ފިރިހެނެކެވެ. އަދި އެ ހަމަލާތަކުގައި އިތުރު ދެމީހަކަށް ބޮޑެތި ޒަހަމްތަކެއް ވަނީ ވެފައެވެ.

ތުރުކީއަށް ނިސްބަތްވާ ކެބާބް ފިހާރަ އަކަށާއި ޔަހޫދީން އަޅުކަން ކުރަމުން އަންނަ ތަނަކަށް ދިން ބަޑީގެ ދެ ހަމަލާގައި ފުލުހުން ވަނީ އެކަކު ހައްޔަރު ކޮށްފައެވެ. އަދި އެ ހަމަލާއާއި ގުޅުން ހުރި އިތުރު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މީޑިއާ ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ހަމަލާތަކުގައި ހަމަލާ ދިން މީހާ ލައިގެން ހުރީ އަސްކަރީ ހެދުމެކެވެ.

ހޭލީގައި ދިން ބަޑީގެ ޙަމަލާތައް ފުލުހުން އިތުރަށް ތަހްޤީގު ކުރަމުން އަންނަ އިރު ފުލުހުން ވަނީ އެ ސިތީގައި ދިރިއުޅޭ ފަރާތްތަކަށް ގެއިން ނުނިކުމެ ތިބެން އަމުރު ނެރެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް