ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 09:10
ކޯޓު އަމުރާއި ގުޅިގެން ހޯދަމުންދަނީ މއ. ބިންމާވިލާ 49 އަހަރުގެ އިސްމާއިލް ވަހީދު
ކޯޓު އަމުރާއި ގުޅިގެން ހޯދަމުންދަނީ މއ. ބިންމާވިލާ 49 އަހަރުގެ އިސްމާއިލް ވަހީދު
ޕޮލިސް
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
 
އޭނާ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާއި ގުޅިގެން

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ސިވިލް ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ކޯޓު އަމުރާއި ގުޅިގެން ހޯދަމުންދަނީ މއ. ބިންމާވިލާ 49 އަހަރުގެ އިސްމާއިލް ވަހީދު ކަމަށެވެ. އަދި އޭނާ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން މި މަހުގެ 14 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާ ޙިއްސާކުރުމަށެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުއަދާ ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
67%
0%
0%
33%
0%
0%
ކޮމެންޓް