ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ހޮޓެލް އޭޝިއާ އެގްޒިބިޝަން

ހޮޓެލް އޭޝިއާ އެގްޒިބިޝަން ނައިބު ރައީސް ބައްލަވައިލައްވައިފި

  • އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މައުލޫމާތު ސާފުކުރެއްވި
  • މިއީ މިމައުރަޒު ބޭއްވި 15 ވަނަ ފަހަރު

ކ. މާލެ | 10 އޮކްޓޯބަރ 2019 | ބުރާސްފަތި 07:31 | 2,114

ނައިބް ރައީސް ފައިސަލް ސްޓޯލްއަށް ވަޑައިގަންނަވާ މައުލޫމާތު ސާފުކުރައްވަނީ - ރައީސް އޮފީސް

ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް 2019 ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ބުދަ ދުވަހު ހަވީރު ނަސީމް ބައްލަވައިލައްވައިފިއެވެ.

މިމަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދިޔަ މިމައުރަޒު ބައްލަވާ ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި މި ޒިޔާރަތުގައި މައުރަޒުގެ އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެސްޓޯލްތަކުން ލިބެންހުރި ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި އުފެއްދުންތަކާއި ޚިދުމަތްތަކުގެ މަޢުލޫމާތު ހޯއްދެވިއެވެ.

މި މައުރަޒުގައި ރިޒޯޓްތަކާއި ހޮޓާތަކާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ތަކެތި ސަޕްލައި ކުރާ ފަރާތްތަކުން ޖުމްލަ 160 ސްޓޯލް ގާއިމުކޮށްފައިވެއެވެ.

މީގެއިތުރުން މި މައުރަޒުގެ ތެރެއިން ކުރިޔަށްގެންދިޔަ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް 2019ގައި 22 ގިންތިއަކުން 450 ޝެފުންގެ ހުނަރުތައް ދެއްކިއެވެ. މިއީ މިމައުރަޒު ބޭއްވި 15 ވަނަ ފަހަރެވެ. މި މައުރަޒުގައި ޖުމްލަ 45 ގައުމެއްގެ އެކިފަރާތްތަކުގެ އުފެއްދުންތަކާ ޚިދުމަތްތައް ހިމަނާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.