ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 07:45
ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
ރާއްޖެއެމްވީ
ފަލަސުރުހީ
ދުއްވާލި އިހުތިރާމެއް އެދުއްވާލި ގޮތަކަށް އެމީހަކާ އަރާހަމަކުރާނެ : މެމްބަރު އަބްދުﷲ
 
ސިޔާސީ ގިނަ ފަރާތްތައް ނިމަމެތިކުރި
 
މިސަރުކާރުން މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން

ދުއްވާލި އިހުތިރާމެއް އެދުއްވާލި ގޮތަކަށް އެ މީހަކާ އަރާހަމަކުރާނެ ކަމަށާއި، މިއަދު ފެންނަމުންދާ މަންޒަރަކީ އެއީ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި މެމްބަރު އަބްދުﷲ ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް އަންނަ މަހުގެ 05 ވަނަ ދުވަހު ޙުކުމް ކުރާނެ ކަމަށް އިޢުލާންކޮށްފައިވީ ނަމަވެސް ވަކި ގޮތަކަށް ޙުކުމް ނެރުމަށް އެމްޑީޕީން ނުވަތަ ސަރުކާރުގެ ތެރެއިން އެއްވެސް ބަޔަކު ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އަދި ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް މެމްބަރު އަބްދުﷲ ވިދާޅުވިއެވެ.

ނަމަވެސް ކުރީގެ ސަރުކާރުގައި ޕީޕީއެމުން މަސައްކަތްކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ސިޔާސީ ގިނަ ފަރާތްތައް ނިކަމެތިކުރުމަށް ކަމަށާއި، ކޯޓުތަކަށް ނުފޫޒު ފޯރުވައި ނުޙައްޤުން އެތައް އަނިޔާއެއްދިން ކަމަށެވެ. އެގޮތުން ރައީސް ނަޝީދާމެދު އިހާނެތިކޮށް ކަންތައް ކުރެއްވި އެތައް މަންޒަރެއް ފެނިގެންދިޔަ ކަމަށާއި، ލޮލަށް ޕެޕަރ ސްޕްރޭ ޖަހާ މަގުމަތީގަ ދަމާފަ ގެންދިޔަ ކަމަށެވެ. މިފަދަ ކަންކަން ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ޢަބްދުﷲ ވިދާޅުވިއެވެ.

އެދުވަހުގެ އަމަލުތަކުގެ ސަބަބުން ރައީސް ނަޝީދަށް ދިމާވި ލަދުވެތި ގޮތްތައް. ރައީސް ނަޝީދާ ދޭތެރޭގައި ކަންކުރި ބޭއަދަބީ ގޮތްތައް ފެނުނެއްނުންތޯ. ދޮރު ވައްޓާލާފަ ނެރިގެން ގެނައިތަން ފެނުނު. ކޯޓަށް ވަންނަނިކޮށް އަތްއަބުރާލާފަ ގަމީސް އިރާލާފަ ކޯޓަށް ވެއްދި މަންޒަރު ފެނުނެއްނުންތޯ .މަގުމަތިން ދިޔައިރުގައި ލޮލަށް ސްޕްރޭ ޖަހާ ފަހަމުން ގެންދިޔަތަން ވެސް. ދަންނަވަން މިއުޅޭ އެއްޗަކީ ދުއްވާލި އިހުތިރާމެއް އެދުއްވާލި މީހާއާ އަރާ ހަމަކުރެއޭ. މީހަކަށް ގަސްތުގައި އަނިޔާއެއްދީ މީހާއަށް އިހުތިރާމް ކުޑަކޮށް ނިކަމެތިކުރަން ކުރާ މަސައްކަތުގެ ނަތީޖާވޭ އެމީހާއާ އަރާ ހަމަކުރާނެ.
މެމްބަރު އަބްދުﷲ ވިދާޅުވި

މެމްބަރު ޢަބްދުﷲ ވިދާޅުވީ ފޭހުނު އިލޮށި ލޮލަށް ހެރޭނެ ކަމަށާއި، އެއީ ތާރީޚުން ފެންނަން އޮތް ޙަޤީގަތެއް ކަމަށެވެ. މެމްބަރު ޢަބްދުﷲ ވިދާޅުވީ ނުފޫޒު ފޯރުވައިގެން ގަދަބާރުން މީހެއްގެ މައްޗަށް ޙުކުމެއް ކުރުވާއިރުގައި މާދަމާ އަންނާނެ ކަމަށް ވިސްނަންޖެހޭ ކަމަށާއި މިއަދު ފެންނަމުންދަނީ އެމަންޒަރު ކަމަށެވެ. އަދި ޤާނޫނޫ ގޮތުން އުފުލަންޖެހޭ ޒިންމާ އުފުލަންޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ޢަބްދުﷲ ވިދާޅުވީ ރައްޔިތުންގެ ޚަޒާނާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށް ޙަވާލުކުރާ ރައީސުލްޖުމްހޫރިއްޔާ އެ ޚަޒާނާ ލޫޓުވުމަށްފަހު އަރާމުގައި ދިރިއުޅުމުގައި ނޫޅެވޭނެ ކަމަށާއި، ރައީސް، ހާމަކަން ބޮޑުގޮތެއްގައި ފައިސާގެ މުޢާމަލާތްތައް ރައްޔިތުންނަށް ހާމަކޮށްދެއްވަން ޖެހޭ ކަމަށެވެ. ނަމަވެސް ރައީސް ޔާމިނަށް ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ނުދެވޭ ކަމަށާއި، ބޮޑެތި ކޮރަޕްޝަނުގެ ޢަމަލު ހިންގުމުން އިންސާފު އަރާހަމަކުރާނެ ކަމަށް މެމްބަރު އަބްދުﷲ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
20%
20%
0%
20%
0%
40%
ކޮމެންޓް