ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 07:51
ހުޅުމާލޭގައި އިމާރަތް ކުރާ ފްލެޓްތައް
ހުޅުމާލޭގައި އިމާރަތް ކުރާ ފްލެޓްތައް
ތަހާރަތު މުހައްމަދު ވަހީދު
ފަލަސުރުހީ
ބޯހިޔާވަހިކަމުގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭ : މެމްބަރު އަބްދުﷲ
 
ބިމަކީ ވަކި ބައެއްގެ އެއްޗެއް ނޫން
 
ނުހައްގުން އެތައް ބަޔަކަށް ވަނީ ފްލެޓްދީފައި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ގަޑުބަޑުކޮށްފައިވާތީ މިހާރު މިމަސައްކަތް ކުރުމަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި މެމްބަރު އަބްދުﷲ ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ބޯހިޔާވަހިކަމުގައި ވަރަށް ގިނަ ޖަރީމާތައް ހިންގާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ފްލެޓް ދިނުމުގައި ވަރަށް ބޭއިންސާފުކޮށް އެކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށް މެމްބަރު ޢަބްދުﷲ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިންސާފުން އެއްކިބާވެ ފްލެޓް ލިބެންޖެހޭ މީހުން އެއްފަރާތްކުރެވި، ނުލިބެން ޖެހޭ މީހުންނަށް ފްލެޓްދީފައިވާ ކަމަށެވެ. މިއީ ރައްޔިތުންގެ ބޮޑު ޝަކުވާއަކަށްވެފައިވާއިރު ރައްޔިތުންގެ ޙައްޤުގައި މި މައްސަލަތައް މިސަރުކާރުން ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު ޢަބްދުﷲ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތައް ކުރާ ކަމަށާއި، ނަމަވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ގަޑުބަޑުގެ ސަބަބުން މިއަދު ގިނަ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މަޖިލިސް ތެރެއިން ބާރު ސްފީޑްކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މެމްބަރު އަބްދުﷲ ވިދާޅުވީ ޤާނޫނު އަސާސީގައި އަސާސީ ޚިދުމަތްތައް ކޮންމެ މީހަކަށް ކަށަވަރުކޮށްދޭއިރު، އެމީހަކު ދިރިއުޅޭނެތަކެއް ނިންމާނީ ވެސް އެމީހަކު އަމިއްލައަށް ކަމަށެވެ. ބިމަކީ ވަކި ބައެއްގެ އެއްޗެއް ނޫންކަން ފާހަގަކުރައްވައި މެމްބަރު ޢަބްދުﷲ ވިދާޅުވީ ވިލިމާލެއާއި، ހުޅުމާލެއާއި ގުޅީފަޅާއި ރާއްޖޭގެ އެހެން ރަށެއްކަމުގައިވީ ނަމަވެސް ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަމަށް އެދުމުގެ ހަމަ ހަމަ ފުރުޞަތު އޮންނާނެ ކަމަށެވެ.

ޚާއްސަކޮށް ބިން ހިއްކާގައި އުފައްދާ ރަށްތައް. އެރަށްތަކަކީ އެއީ ހަމަ ހުރިހާ ރައްޔިތުންގެ ޝާމިލުވާ ގޮތަށް އެހުރިހާ ރައްޔިތުންގެ ފައިސާ ބޭނުން ކޮށްގެން އުފެއްދޭ ތަންތަން. އެހެންވީމަ އެތަންތަނުން ވަކި ބައެއްގެ މިލްކެއް ނޫން. އަދި އެތަންތަން ފިޔަވައި ދެން ހުރި ރަށްތަކަކީ ވެސް ވަކި ބައެއްގެ މިލްކެއް ނޫން. މިސާލަކަށް މާދަމާ ވެސް މާލޭގެ ބޭފުޅެއް ވެސް ހަމަ ރަށެއްގައި ދިރިއުޅުމުގެ ހިޔާލު ގެންގުޅިފާނެ. އެހެންވީމަ އެތަނުން އޭނައަށް އެއްވެސް ހައްގެއް ނޯންނަންވީތޯ. އެހެނެއް ނުވާނެ.
މެމްބަރު އަބްދުﷲ ވިދާޅުވި

މެމްބަރު ޢަބްދުﷲ ވިދާޅުވީ ބޯހިޔާވަހިކަމުގެ ދަތިކަން ގިނަބަޔަކަށް ކުރިމަތިވެފައިވާއިރު، ރާއްޖޭގެ ބައެއް ރަށްރަށުން ބިން އޮވެ، ގޯތި ދޫނުކުރާތާ 20 ނުވަތަ 15 އަހަރުވެފައިވާ ކަމަށެވެ. މަސައްކަތް ކުރަނީ މިފަދަ މައްސަލަތައް ޙައްލުކޮށް ހަމަހަމަ އުޞޫލުން އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
25%
25%
50%
0%
ކޮމެންޓް