ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 22:35
ގައުމީ ވޮލީ ޓީމު
ގައުމީ ވޮލީ ޓީމު
ރައީސް އޮފީސް
ވޮލީ ބޯޅަ އެސޯސިއޭޝަން
ވޮލީ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ އިންތިޚާބު މި މަހު 24 ގައި
 
އިންތިހާބުގައި ބައިވެރިވެވޭނީ ވޮލީ 8 ކުލަބަށް

ވޮލީ ބޯޅަ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ އިންތިޚާބު މި މަހު 24 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމުގައި އެ އެސޯސިއޭޝަނުގެ ހިންގާ ގަވައިދު، ބައްދަލުވުމުގައި ބައިވެރިވި 6 ކުލަބްގެ އިއްތިފާޤުން ފާސް ކޮށްފައިވާ ކަމަށާއި އަދި އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ އިންތިޚާބު އޮކްޓޯބަރ މަހުގެ 24 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ފާއިތުވެދިޔަ ތިން އަހަރު ވޮލީ އެސޯސިއޭޝަނުން ބޭއްވި އިންޑޯ މުބާރާތްތަކުގައި ވާދަކޮށްފައިވާ ކުލަބްތަކެވެ. އެގޮތުން މި ބައްދަލުގައި ބައިވެރިވާން 8 ކުލަބަކަށް ފުރުޞަތު ލިބޭއިރު އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ހަ ކުލަބެވެ. އެ ކުލަބް ތަކަކީ ޕޮލިސް ކުލަބް، ގްޑީސް ސްޕޯޓްސް ކުލަބް، ސްޕޯޓްސް ކްލަބް ސިޓީ، ޔޫތް ނިއު ޖެނެރޭޝަން، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް އަދި ކްލަބް ހާފްލައިން ލިންކޭޖްއެވެ. މި ބައްދަލުވުމުގައި ބައިވެރިވެފައި ނުވާ ދެ ކުލަބަކީ ސިފައިންގެ ކްލަބާއި ސްޕޯޓްސް ކުލަބް ހޯކްސްއެވެ.

ދާދި ފަހުން ޔޫތް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި ކުޅިވަރާއި ބެހޭ ވަޒީރު ވިދާޅުވީ އިންތިޚާބެއް ބޭއްވުމުން އެފްއައިވީބީއާ އޮތް މައްސަލަ ހައްލުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާ، ހައްލު ނުވެއްޖެނަމަ މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ވޮލީ ބޯޅައިގެ ހާލަތު ސަރުކާރުންދަނީ ވަރަށް ރަނގަޅަށް ބަލަމުންދާކަމަށާއި އެފްއައިވީބީއިން ރާއްޖެއާއި މެދު ފިޔަވަޅު އަޅާނެކަމަށް ނުދެކޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް