ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 07:53
އަނދިރިކަން ގެ ޕޯސްޓަރެއް
އަނދިރިކަން ގެ ޕޯސްޓަރެއް
ފޭސްބުކް
އަނދިރިކަން
ފިލްމް "އަނދިރިކަން" ގެ ޓިކެޓް ވިއްކަން ފަށަނީ
 
ހުރިހާ މަންޒަރުތަކެއް ނަގައި ނިމިއްޖެ
 
ފިލްމުގެ މާސްޓިން މަސައްކަތް ކުރަނީ

އެސް ޕްރޮޑަކްޝަން އާއި މާސްކޭ ސްޓޫޑިއޯގެ ގުޅިގެން ގެނެސްދޭން ތައްޔާރުވަމުންދާ ފިލްމު "އަނދިރިކަން" ގެ ޓިކެޓް ވިއްކަން ފަށަން އުޅޭ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ސީޒަން ބުނީ، މިއަދުން ފެށިގެން އޮލިމްޕަހުން ފިލްމުގެ ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ.

"އަނދިރިކަން" ގެ ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ. ޕްރިމިއަރ ނައިޓްގެ ޓިކެޓް ވެސް ވިއްކަނީ ހަމަ އެ އަގަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ސީޒަން ބުނީ، ފިލްމުގެ ހުރިހާ މަންޒަރުތަކެއް ޝޫޓް ކޮށް ނިމިއްޖެ ކަމަށެވެ. ފިލްމުގެ ޝޫޓިންތައް ކުރިޔަށް ގެންގޮސްފައިވަނީ މ. މަޑުއްވަރީގެ އިތުރުން އދ. ދަނގެތި އަދި ވިލިމާލޭގައެވެ.

ސީޒަން ބުނީ، މިހާރު ފިލްމުގެ ޑަބިން ވެސް ނިމި ފިލްމު މާސްޓާ ކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅޭ ކަމަށެވެ. "އަނދިރިކަން" އަކީ އަހުމަދު ޒަރީރުގެ ސްކްރީން ޕްލޭ އަކަށް ހަދާ އާއިލީ ޑްރާމާއެކެވެ.

ޖުމްލަ ތިން ލަވަ ހިމެނޭ އެ ފިލްމުގެ ލީޑު ރޯލުން ފެންނާނީ އައިމިނަތު ރިޝްފާ އާއި ޝީލާ ނަޖީބުގެ އިތުރުން އަލީ ސީޒަން އެވެ. އޭގެ އިތުރުން މަރިޔަމް ޝަކީލާ، އަހުމަދު ސައީދު، ދަރާ ރަޝީދު އަދި ޒީނަތު އައްބާސް ފަދަ ތަރިންގެ އެކްޓިން އެ ފިލްމުން ފެންނާނެއެވެ.

ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު