ބުރާސްފަތި 24 ސެޕްޓެންބަރ 2020
04 އަތަ
1442 ސަފަރު 06
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
އިރުއޮއްސޭ 18:03
އިޝާ 19:14
އާދަމް ޝަރީފް

ކޯލިޝަންގެ ތެރެއިން ސަރުކާރު ވައްޓާލަން ބަޔަކު މަސައްކަތް ކުރޭ: ޝަރީފް

  • ސަރުކާރު ބަލިކަށިވަމުންދާ ކަމަށް ވިދާޅުވި

ކ. މާލެ | 9 އޮކްޓޯބަރ 2019 | ބުދަ 22:30 | 6,718

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް - މަޖިލިސް

މި ސަރުކާރު ވައްޓާލައި، ބަޣާވަތް ކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް އިވެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ޕްރޮގްރެސިވް ކޮންގްރެސިވް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ.އެމްވީން ސުވާލުކުރުމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޝަރީފް ވިދާޅުވީ، ބުދަ ދުވަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ގަޑީގައި ޕްރޮގްރެސިވް ކޯލިޝަންގެ ސަޕޯޓަރުން ކޯޓު ދަށަށް އެއްވުމުން ސަރުކާރު ވަރަށް ބޮޑަށް ''ބިރުގެންފައި'' އޮތް މަންޒަރު ފެނިފައިވާ ކަމަށެވެ.

އަދި ހަމަ އެއާއެކު އެފަދަ ކުޑަކަމެއްގައި ސަރުކާރު ޖެހިލުންވެފައިވާކަން ހާމަވެފައިވާ ކަމަށާއި، ސަރުކާރު ވައްޓާލަން ކޯލިޝަންގެ ބަޔަކު މަސައްކަތްކުރާ ކަމުގެ އަޑުތައް މަޖިލިސް ތެރޭގައި ދެކެވެމުންދާ ކަަމަށެވެ.

އަޅުގަނޑުމެންނަށް މިހާރު މަޖިލީސް ތަޅުމުންވެސް އަދި ސައި ކޮޓަރިއާ މި ތަންތަނުންވެސް މިހާރު އެބައިވޭ ފުދޭވަރަކަށް ބޮޑަށް ކޯލިޝަންގެ ތެރެއިން ސަރުކާރު ވައްޓާލަންވެގެން ބަޢާވާތެއް ކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ވާހަކަ

~ އާދަމް ޝަރީފް ~ މަޑުއްވަރީ ދާއިރާގެ މެމްބަރު

ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ، އެ ކަމަކީ ވަރަށް ސީރިއަސް ކޮށް ފާރަވެރިގެވެގެން ބަލަމުންދާ ކަމެއް ކަމަށެވެ. ސަރުކާރު ވައްޓާލަން ކޯލިޝަންގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަަމަށް އާދަމް ޝަރީފް ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ދެމެދު ނުތަނަވަަސް ކަމެއް އުފެދިގެން އުޅޭކަމަށް އަޑު ފެތުރިގެން އުޅޭ ކަަމަށް އަޑުފެތުރުނެވެ. އެހެން ނަމަވެސް އެކަހަލަ އެއްވެސް މައްސަލަ އެއް ނެތްކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.