ހުކުރު 10 އޭޕުރިލް 2020
03 އައްސިދަ
1441 ޝައުބާން 17
ފަތިސް 04:49
އިރުއަރާ 06:00
މެންދުރު 12:11
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - އަފްޣާނިސްތާން

އަފްޣާންގެ މެތް ލެބް ތަކަށް ދިން ހަމަލާތައް އދ އިން ކުށްވެރިކޮށްފި

  • އެ ހަމަލާތަކުގައި 30 މީހުން ވަނީ މަރުވެފަ
  • ދެ ޕްރޮވިންސް އެއްގައި ހުންނަ 60 އަށް ވުރެއް ގިނަ ލެބް ތަކަށް ވައިގެ ހަމަލާދިން

މުހައްމަދު މުސްތަފާ
musthomummu

ކ. މާލެ | 9 އޮކްޓޯބަރ 2019 | ބުދަ 19:47 | 4,511

އަފްގާން - ބީބީސީ

މެއި މަހުގެ ތެރޭގައި އެމެރިކާއިން އަފްޣާނިސްތާނުގެ ހުޅަނގު ޞަރަޙައްދެއްގައި ހުންނަ ޠާލިބާނުންގެ މެތް ލެބްތަކަށް ދިން ޙަމަލާ އދ އިން ކުށްވެރިކޮށްފިއެވެ.

އދ އިން ބުނެފައިވަނީ މި ޙަމަލާތަކުގައި 30 މީހުން މަރުވެފައިވާއިރު, އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން އެހެން ޙަމަލާތަކެއްގައި 30 އާއި ގާތް ކުރާ އަދަދަކަށް މީހުން މަރުވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި, ނަމަވެސް އެ މަޢުލޫމާތު މިހާތަނަށް ކުރި މަސައްކަތުން ކަށަވަރުވެފައި ނުވާކަމަށް އދ އިން ބުނެފައިވެއެވެ.

އެމެރިކާއިން ވަނީ އެ ޙަމަލާތައް ދިފާޢުކޮށް، އެއީ ޠާލިބާނުންނަށް ޢަމާޒުކޮށް ދިން ޙަމަލާއެއް ކަމަށް ބުނެފައެވެ. އެމެރިކާއިން ބުނާ ގޮތުން ނަމަ ޠާލިބާނުން މި ލެބްތައް ބޭނުން ކުރަނީ އެމީހުން ކުރާ ހަނގުރާމަ އަށް ފަންޑު ކުރުމަށެވެ. ނަމަވެސް އދ އިން ވަނީ މި ޑްރަގް ލެބް ތަކުގައި މަސައްކަތްކުރާ މީހުންނަށް އަސްކަރީ ޙަމަލާއެއް ދިނުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށް ބުނެފައެވެ.

މޭ 5 ވަނަ ދުވަހު ދިން ހަމަލާތަކުގައި ފަރަޙް ޕްރޮވިންސް އާއި ނިމްރޫޒް ޕްރޮވިންސްގައި ހުންނަ 60 އަށްވުރެ ގިނަ ޑްރަގް އުފައްދާ ލެބްތަކަށް ވައިގެ ހަމަލާތައް ދީފައިވެއެވެ.

އދ އިން ނެރުނު ރިޕޯޓްގައި ވާގޮތުން ނަމަ، މި ޙަމަލާތައް ޢަމާޒުވެފައި ވަނީ ހަމައެކަނި ޠާލިބާނުން ޙަރަކާތްތެރިވާ މަސްތުވާތަކެތި އުފައްދާ ލެބްތަކަށް އެކަނި ނޫން ކަމަށާއި އޭގެ ތެރޭގައި އެހެނިހެން މީހުން ހިންގާ ލެބޯޓަރީތައް ވެސް ހިމެނެއެވެ. އެހެން ކަމުން އެމެރިކާއަށް އެ ތަންތަނަށް އަސްކަރީ ޙަމަލާ ނުދެވޭނެ ކަމަށް އދ އިން ބުނެފައިވެއެވެ.

އެމެރިކާއިން ވަނީ 2001 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދުގައި، އަފްޣާނިސްތާނުގެ އޮޕިއަމް ދަނޑުތައް ނައްތާލުމަށް ދުވާލެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ. އެމެރިކާއިން ބުނާ ގޮތުން ނަމަ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ޠާލިބާނުންނަށް އަހަރެއްގެ މައްޗަށް 200 މިލިއަން ޑޮލަރުގެ ޢާމްދަނީއެއް ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.