ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 21:23
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު
ޝުއައިބް މުހައްމަދު އިގްބާލް
ބްރޯޑްކާސްޓިންގ ކޮމިޝަން
މަގާމުން ވަކިކުރަން ނިންމާފައިވަނިކޮށް ޝަހީބު އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވައިފި
 
ޝަހީބުގެ އިތުރުން ޒައިނާ ވެސް މަގާމުން ވަކިކުރުމަށް ވަނީ ނިންމާފައި
 
ޝަހީބު މަގާމުން ވަކިކުރުމަށް ނިންމާ މިއަދު ވަނީ ތަޅުމަށް ފޮނުވާފައި

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އޭނާ ހުންނެވި މަގާމުން ވަކިކުރަން ނިންމާފައިވަނިކޮށް ބުދަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޝަހީބު އިސްތިޢުފާ ދެއްވި އިރު، އޭނާއާއި އެ ކޮމިޝަންގެ ނައިބުރައީސް ފާތިމަތު ޒޭނާ މަގާމުން ވަކިކުރަން ކޮމިޓީން ނިންމާ ވަނީ ތަޅުމަށް ފޮނުވާފައެވެ. ކޮމިޓީން ނިންމާފައިވަނީ ޝަހީބާއި ޒޭނާ ޤާނޫނީ ޒިންމާ އަދާކުރަން އިހުމާލުވިކަމަށް ބުނެ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީންނެވެ.

ޝަހީބު ފޮނުއްވި އިސްތިޢުފާ ސިޓީގައި ވިދާޅުވެފައިވަނީ ބްރޯޑްކޮމްގެ މެމްބަރެއްގެ ގޮތުގައި އެޕްރީލް 4، 2011 އިން ފެށިގެން މިހާތަނަށް ވެސް މަސައްކަތް ކުރަމުން އައީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، އެއާ ގުޅިގެން ހަދައިފައިވާ ޤާނޫނުތަކާއި، އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި، ރާއްޖޭގެ އެހެން ޤާނޫނުތަކާ އެއްގޮތަށް، ތެދުވެރިކަމާއި އިޚުލާސްތެރިކަމާ އެކުގައި، ވަކި ބަޔަކަށް ތަފާތުކުރުމެއް ނެތި، މީޑިއާގެ މިނިވަންކަމަށް ތަރުހީބު ދީގެން ކަމަށެވެ.

ނަމަވެސް، ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާ ހުރިހާ ނިންމުންތަކަކީ ކޮމިޝަންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުންތަކެއް ކަމުން، އަދި އެ ހުރިހާ ނިންމުންތަކަކީ އޭނާއަށް ތާއީދު ނުކުރެވޭ ނިންމުން ތަކެއް ކަމަށް ވީ ނަމަވެސް، ރިޔާސަތު ބަލަހައްޓާ މީހެއްގެ ޙައިޞިއްޔަތުން އޭނާއަށް ޤާނޫނު ލާޒިމްކުރަނީ އަޣުލަބިއްޔަތަށް ތަބާވެ، އެ ނިންމުންތައް ތަންފީޒުކުރުމަށް ކަމަށާއި، އެނޫން ގޮތަކަށް ކަންތައް ކުރުމަކަށް ޤާނޫނާއި ގަވައިދު ތަނެއް ނުދޭ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އަބުރުގެ ޤާނޫނުގެ ދަށުން އަމިއްލައަށް މައްސަލަތައް ހުށަހަޅުއްވައިގެން ސިޔާސީ ގޮތުން ކޮންމެވެސް ބައެއްގެ ރުހުމާއި ތާއީދު ލިބުނީސް ކަމަށާއި، ނަމަވެސް، އަބަދު ވެސް މަސައްކަތްކުރަމުން އައީ، އިންސާފާއި ހަމަހަމަކަމާ އެކު، ޤާނޫނާއި ގަވައިދުގެ ތަރަޙައިގެ ތެރެއިން ކަމަށްވާތީ، އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށް ޝަހީބު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލްވެފައިވާ ކަމަށް އެއްވެސް ތުހުމަތެއްވެސް ކޮށްފައިނުވާ ކަމަށާއި، އެހެން ކަމުން، މިނިވަން މުއައްސަސާގެ ސަބް ކޮމީޓީގެ ރިޕޯޓަށް ރިޢާޔަތްކޮށް ކޮމިޝަންގެ މެމްބަރުކަމުން އޭނާ ވަކިކުރަން ކޮމިޓީން ޖުލައި 24، 2019 ގައި ނިންމި ނިންމެވުމަކީ އިންސާފުގެ މަގުން އެއްކިބާވެ ނިންމަވައިފައިވާ، ޤާނޫނު އަސާސީއާ ޚިލާފު، ނާއިންސާފު ނިންމެވުމެއް ކަމުގައި ޤަބޫލު ކުރާ ކަމަށްވެސް ޝަހީބުގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވެއެވެ.

ޝަހީބާއި ޒައިނާ ވަކިކުރަން ކޮމިޓީން ނިންމާފައިވާ އިރު އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ އެ ދެ ބޭފުޅުންގެ މައްސަލަ ކޮމިޓީން ބަލަމުން ދަނިކޮށް ކޮމިޝަނުން އަމިއްލައަށް އިސްތިޢުފާ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް