ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 19:20
މަންޓާ އެއަރގެ ފުރަތަމަ ސީޕްލޭން
މަންޓާ އެއަރގެ ފުރަތަމަ ސީޕްލޭން
ސިމާހާ ނަސީމް
މަންޓާ އެއަރ
މަންޓާ އެއަރގެ ފުރަތަމަ ސީޕްލޭން ރާއްޖެ ގެނެސްފި
 
މަންޓާ އެއަރ އިން ޖުމްލަ 10 ސީޕްލޭން ގެންނާނެ
 
ސީޕްލޭން ރާއްޖެ ގެނައުމަށްޓަކައި 10 ގަޑިއިރަށްވުރެ ގިނައިރު ހޭދަވި

މަންޓާ އެއަރގެ ފުރަތަމަ ސީޕްލޭން ބުދަ ދުވަހު ރާއްޖެ ގެނެސްފިއެވެ.

މި ސީޕްލޭންގައި 19 މީހުންގެ ޖާގަ ހުރިއިރު ލަގޭޖްލުމަށްޓަކައި ޖާގަ ބެހެއްޓުމަށްފަހު 15 މީހުންގެ ޖާގަ ލިބޭނެ ކަމަށް މަންޓާ އިން ބުނެއެވެ. އަދި ސީޕްލޭން އޮޕަރޭޓް ކުރުމަށްޓަކައި ދެ ޕައިލެޓުން ތިބޭނެއެވެ.

މި ސީޕްލޭން ރާއްޖެ ގެނައުމަށްޓަކައި 10 ގަޑިއިރަށްވުރެ ގިނައިރު ހޭދަވިކަމަށް މަންޓާ އެއަރގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ވިދާޅުވިއެވެ. މަންޓާ އެއަރގެ ސީޕްލެއިން އޮޕަރޭޝަން މިވަގުތު ފެށުމަށް ހަމަޖެހިފައިވަނީ އޮޕަރޭޓް ކުރާ ބައެއް ރީޖަންތަކުންގެ ރިސޯޓުތަކާއެގައެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މަންޓާ އެއަރގެ ޗީފް މާކެޓިންގ އޮފިސަރ އަހްމަދު މައުމޫން ވިދާޅުވީ ސީޕްލޭންގެ ހިދުމަތް މި ފަށަނީ އައު ސަރވިސް ލެވަލްއަކާއެކު ކަމަށާއި ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފިކްސްޑް ޝެޑިއުލެއް އޮންނާނެ ކަމަށެވެ.

ސީޕްލޭންގެ ހިދުމަތް ނޮވެމްބަރު މަހު ފަށާނެކަން ފާހަގަކޮށް މަންޓާ އިން ބުނީ ހިދުމަތް އަވަހަށް ފެށުމަށްޓަކާއި އެ ކުންފުނިން އިންޓަރިމް ޓާރމިނަލެއް ޤާއިމްކޮށްފައިވާނެ ކަމަށެވެ.

މަންޓާ އެއަރގެ ފުރަތަމަ ސީޕްލޭން ބުދަ ދުވަހު ގެނެސްފައިވާއިރު ބުރާސްފަތި ދުވަހު ދެވަނަ ސީޕްލޭން ރާއްޖެ އަންނާނެއެވެ. މަންޓާ އެއަރ އިން ޖުމްލަ 10 ސީޕްލޭން ގެނައުމަށް ހަމަޖެހިފައިވާއިރު މި އަހަރު ނިމުމުގެ ކުރިން 7 ސީޕްލޭން ރާއްޖެ އަންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މަންޓާ އެއަރ އިން ފުރަތަމަ ފްލައިޓްގެ ހިދުމަތް ފަށާފައިވަނީ މީގެ 7 މަސް ކުރިންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް