އާދީއްތަ 15 ޑިސެންބަރު 2019
06 މުލަ
1441 ރަބީޢުލްއާޚިރު 18
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17
ކުޅިވަރު - އިންޓަރ ރިޒޯޓު ވޮލީބޯޅަ މުބާރާތް

އިންޓަރ ރިޒޯޓު ވޮލީބޯޅަ މުބާރާތް: ފައިނަލުގައި ބަނޑޮސް އަދި ރީތި ރަށުގެ ކުރިމަތިލުމެއް

  • ބަނޑޮސް އަދި ރީތި ރަށުން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީގައި ވާދަކުރި ޓީމުތަށް ސީދާ ތިން ސެޓުން ބަލި ކޮށްގެން

އަތޫފް އާތިފް
AthifAthoof

ކ. މާލެ 9 އޮކްޓޯބަރ 2019 | ބުދަ 19:19 2,469

އިންޓަރ ރިޒޯޓް ވޮލީ ބޯޅަ މުބާރާތުގެ ތެރެއިން - ގޫގުލް

އިންޓަރ ރިޒޯޓު ވޮލީ މުބާރާތުގައި ޒޯން ޗެމްޕިއަންޝިޕްގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބަނޑޮސް އަދި ވަން އެންޑް އޮންލީ ރީތި ރަށް ބައްދަލުކުރަން ޖެހިއްޖެއެވެ.

ބަނޑޮހުން މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ސެމީގައި ފޯ ސީޒަން ކުޑަހުރާ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތަށް ބަނޑޮހުން ގެންދިޔައީ 25-19، 25-19 އަދި 25-14 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެންދިޔައީ ބަނޑޮހުގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ.

މި މުބާރާތުގެ ދެވަނަ ސެމީ ރީތި ރަށުން ކާމިޔާބުކުރީ ވެސް ސީދާ ތިން ސެޓުންނެވެ.

މި މުބާރާތުގެ ޒޯން ބުރުގައި ރީތި ރަށާއި ބަނޑޮހުން ވަނީ ދެބުރު މަތިން ކުޅެފައެވެ. މި ދެ މެޗު ވެސް ބަނޑޮހުން ވަނީ ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށްފައެވެ.

ބަނޑޮހުން މި މުބާރާތުގެ ފައިނަލާއި ކުރިމަތިލާއިރު އެޓީމުގެ އަމާޒަކަށްވާނީ މި މުބާރާތުގެ ތަށި ދިފާއު ކުރުމެވެ. އަނެއްކޮޅުން ނިކުންނަ ވަން އެންޑް އޮންލީ ރީތި ރަށުގެ އަމާޒަކަށް ވާނީ ބަނޑޮސްގެ ކިބައިން ބަދަލުހިފުމެވެ.

މުބާރާތަށް ބަނޑޮހުން އެޓީމުގެ ސްކޮޑް ވަރުގަދަ ކޮށްފައިވާއިރު އެޓީމުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އަދި އެޓީމުގެ ކޯޗަކީ ގައުމީ ސީނިއާ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ބަނޑޮސްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް