އަންގާރަ 02 ޖޫން 2020
14 ރޯނު
1441 ޝައްވާލް 10
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
ނޯރާ ފަތެހީ

ކުރިޔަށް ވެސް އޮތީ ނޯރާގެ ސަޅި ލަވައެއް! ބެލުންތެރިން ކެތްމަދުވެފަ!

  • ނޯރާގެ ލަވަ ރިލީޒްކުރަނީ ބުރާސްފަތި ދުވަހު
  • އެ ލަވަ އަކީ "ޕިޔާރް ދީ، ޕިލާރް ލޯ" ގެ ރީމޭކެއް

ކ. މާލެ | 9 އޮކްޓޯބަރ 2019 | ބުދަ 18:43 | 6,986

ނޯރާ ފަތެހީ - ގޫގުލް

މަޝްހޫރު އެކްޓްރެސް އަދި ކުޅަދާނަ ނެށުންތެރިޔާ ނޯރާ ފަތެހީގެ މުޅިން އާ ވީޑިއޯ ލަވައެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެއެވެ.

ނޯރާގެ ކުރިޔަށް އޮތް ލަވަ އަކީ "ޕިޔާރު ދޯ، ޕިޔާރް ލޯ"ގެ ރީމޭކް އެކެވެ. އެ ލަވަ އަކީ މި އަހަރު ރިލީޒްކުރަން ނިންމާފައިވާ ފިލްމު "މަރްޖާންވާން" ގައި ފެންނާނެ ލަވަ އެކެވެ. އެ ލަވައިގެ އަސްލު ލަވައަކީ 1986 ވަނަ އަހަރު ނެރުނު "ސާގަރް" ގައި ބަތަލާ ރޭކާ އެކްޓްކޮށްފައިވާ ލަވައެކެވެ.

"ޕިޔާރު ދޯ، ޕިޔާރު ލޯ" ރީމޭކްގެ ޓީޒަރ ބުރާސްފަތި ދުވަހު ރިލީޒްކުރަން ނިންމާފައިވާއިރު އެ ލަވައިގެ ޓީޒަރ މިހާރު ވަނީ ޔޫޓިއުބްގައި އާންމުކޮށްފައެވެ. ޓީޒަރ ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު ގިނަ ބަޔަކު އެ ލަވަ އަށް އިންތިޒާރުކުރަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

ނޯރާގެ ފަރި ހަރަކާތްތައް ފެންނަ އެ ޓީޒަރއަށް އެއްދުވަސް ތެރޭގައި ތިންމިލިއަން ވިއުސް ލިބުނެވެ.

އޭނާގެ ނެށުމުގެ ހުނަރު ގިނަ ބަޔަކަށް ކަމުދާއިރު ނޯރާގެ "ސާކީ ސާކީ" އާއި "ދިލްބަރް" އަކީ ބެލުންތެރިންގެ މެދުގައި ހިޓަކަށް ދިޔަ ދެ ލަވައެވެ.

އަމިއްލަ އަށް ކޮރިޔޮގްރަފީ ވެސް ހަދަމުން އަންނަ ނޯރާ އެންމެ ފަހުން ފެނިގެންދިޔައީ "ޕެޕަޓަ" ލަވައިންނެވެ. ބުރާސްފަތި ދުވަހު އާންމުކުރަން ނިންމާފައިވާ ނޯރާގެ އެ ލަވަ އަށް ބެލުންތެރިން މިހާރުވެސް ތިބީ ކެތްމަދުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.