ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 17:28
ފިލްމުގެ ޕްރޮޑިއުސަރާއި ކޭޕާކްގެ މަންޑޭ
ފިލްމުގެ ޕްރޮޑިއުސަރާއި ކޭޕާކްގެ މަންޑޭ
ފޭސްބުކް
ނޮވެމްބަރު
"ނޮވެމްބަރު" ގެ މެއިން ސްޕޮންސަރަކަށް ކޭޕާކް ރެޒިޑެންސް
 
ކޭޕާކުން ޑާކްރެއިންގެ ފިލްމުތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ
 
ނޮވެމްބަރު ގެ މަންޒަރުތައް ސިންގަޕޯރ ގައި ވެސް ނަގާނެ

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކުރިޔަށް އޮތް ފިލްމު "ނޮވެމްބަރު" ގެ މެއިން ސްޕޮންސަރަކަށް ކޭޕާކް ރެޒިޑެންސް ހަމަޖައްޖަސައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، "ނޮވެމްބަރު" ގެ މެއިން ސްޕޮންސަރަކަށް ކޭޕާކް ވުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށާއި ކޭޕާކްގެ ވެރިޔާ ހަސަން މަމްދޫހް (މަންޑޭ) އަބަދުވެސް ޑާކްރެއިންނާ ދޭތެރޭ ބަހައްޓާ ގާތް ކަމަށް ވަރަށް އުފާކުރާ ކަމަށެވެ.

ކޭޕާކް ރެޒިޑެންސުން ވަނީ ޑާކްރެއިނުން މިފަހުން ހެދި ގިނަ ފިލްމުތަކަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ އެ ފިލްމުގެ މަންޒަރުތައް ނަގާނީ މާލޭގެ އިތުރުން ސިންގަޕޫރާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައެވެ.

"ނޮވެމްބަރު" އަކީ އައިޝަތު ފުވާދާއި އަހުމަދު ތޮލާލުގެ ސްކްރިޕްޓްއަކަށް ތައްޔާރުކުރާ ލޯބީގެ ފިލްމެކެވެ.

ފިލްމުގެ ލީޑު ރޯލުން ފެންނާނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުގެ ލީޑު ރޯލުން ފެނިގެންދިޔަ މަރިޔަމް މަޖުދާއާއި ޖުމައްޔިލް ނިމާލެވެ. އަދި ޚާއްސަ ރޯލަކުން އައިޝަތު ރިޝްމީއާއި އިސްމާއިލް ވަޖީހު ފެންނާނެ ކަމަށް އިއުލާން ކޮށްފައިވާއިރު ފިލްމީ ދާއިރާއަށް މުޅިން އާ މޫނުތައް ވެސް ފިލްމުން ފެންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް