ބުރާސްފަތި 14 ނޮވެންބަރު 2019
01 ނޮރަ
1441 ރަބީއުލް އައްވަލް 17
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ލުއި ޚަބަރު - އެހެނަސް

އާ ތަރިންތަކަކާއެކު "އެހެނަސް" ސީޒަން ދޭއްގެ ޝޫޓިން ފަށައިފި

  • އެހެނަސް ގެ ދެވަނަ ސީޒަންގައި އާ ތަރިން ފެންނާނެ
  • ދެވަނަ ސީޒަން ދައްކަން ފަށާނެ ތާރީހު އަދި އިއުލާން ނުކުރޭ

މުހައްމަދު މުސްތަފާ
musthomummu

ކ. މާލެ 9 އޮކްޓޯބަރ 2019 | ބުދަ 17:30 1,535

އެހެނަސްގެ ޕޯސްޓަރެއް - ފޭސްބުކް

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް ގެނައި އެޕްލިކޭޝަން ބައިސްކޯފުން ދައްކަމުން ދިޔަ ސީރީޒް "އެހެނަސް" ގެ ފުރަތަމަ ސީޒަން ނިމި ދެވަނަ ސީޒަންގެ ޝޫޓިން ފަށައިފިއެވެ.

ފުރަތަމަ ސީޒަންގެ ދިހަ އެޕިސޯޑަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އިރު ދެވަނަ ސީޒަންގެ މަންޒަރުތައް ނަގަން ފަށާފައިވަނީ ހޯމަ ދުވަހުއެވެ. "އެހެނަސް" ގެ ދެވަނަ ސީޒަންގައި އާ ތަރިންތަކެއް ވެސް ފެނިގެންދާނެއެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު) ގެ ވާހަކައަކަށް ތައްޔާރު ކުރަމުންދާ "އެހެނަސް"ގެ ޑައިރެކްޓަރަކީ ރަވީ ފާރޫގެވެ.

"އެހެނަސް" ގެ ވާހަކަ އިން ދައްކުވައިދެނީ ރަނޑު އަދި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފިރިހެން ކުއްޖެއްގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެކެވެ.

ދެވަނަ ސީޒަން ދައްކަން ފަށާނެ ތާރީހެއް ހާމަކޮށްފައި ނުވާއިރު ފުރަތަމަ ސީޒަނުން ފެނުނު ރަޔާންގެ ކެރެކްޓާ މިފަހަރުގެ ސީޒަނުން ނުފެންނާނެއެވެ. "އެހެނަސް" ގެ ފުރަތަމަ ސީޒަންގައި ފެނިގެންދިޔައީ މުޅިން އާ ކާސްޓެކެވެ. ފިލްމީ ދާއިރާގެ ސީނިއާ ކާސްޓުންނަކަށް އެ ސީޒަންގައި ފެނިގެންދިޔައީ މަރިޔަމް ހަލީމް އާއި ޝީލާ ނަޖީބުގެ އިތުރުން މުހައްމަދު މަނިކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް