ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 17:32
ޑެމްބެލޭ
ޑެމްބެލޭ
ގޯލް.ކޮމް
ޑެމްބަލޭ
ބާސެލޯނާގެ ފޯވަރޑް ޑެމްބެލޭ އަށް ދެ މެޗުގެ ސަސްޕެންޝަނެއް!
 
މި ސަސްޕެންޝަނާއެކު އޭނާ އަށް އެލް ކްލެސިކޯ ނުކުޅެވޭނެ

ބާސެލޯނާގެ ހުނަރުވެރި ފޯވާޑް އުސެއިން ޑެމްބެލޭ އަށް ދެ މެޗުގެ ސަސްޕެންޝަނެއް ކޮށްފިއެވެ.

ޑެމްބެލޭ އަށް ކުރި މި ސަސްޕެންޝަނާއެކު އޭނާ އަށް އެލް ކްލެސިކޯ ނުކުޅެވޭނެއެވެ.

ޑެމްބެލޭ އަށް ދެ މެޗުގެ ސަސްޕެންޝަނަކާއި ކުރިމަތިލިއިރު އެންމެ ފަހުން ބާސެލޯނާއިން ސްޕެނިޝް ލަލީގާގައި ސެވިއްޔާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ހިނގައިދިޔަ ކަން ކަމާ ގުޅިގެން ރެފްރީވަނީ ޑެމްބެލޭއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވައިލައިފައެވެ.

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ޑެމްބެލޭ ބާސާއަށް ސޮއިކޮށްފައިވަނީ 135 މިލިއަން ޕައުންޑަށެވެ. އޭނާގެ ޓްރާންސްފަރ ފީގެ ގޮތުގައި ބާސާއިން ހުށަހެޅީ 96 މިލިއަން ޕައުންޑެވެ. އަދި ބާކީ 39 މިލިއަން ޕައުންޑަކީ ބޯނަސްގެ ގޮތުގައި ޑޯޓުމަންޑަށް ބާސާއިން ހުށަހެޅި އަދަދެކެވެ. ޑެމްބެލޭގެ ރިލީސް ފީއެއްގެ ގޮތުގައި ބާސާއިން ކަނޑައަޅާފައިވަނީ 369 މިލިއަން ޕައުންޑެވެ.

ޑެމްބެލޭއަކީ ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާއަކީ ދުވެލި ބާރު އަދި ދެފައިން އެއްވަރަކަށް ކުޅުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިޔެކެވެ. ޑޯޓްމަންޑަށް ކުޅުމުގެ ކުރިން ޑެމްބެލޭ ވަނީ ފްރާންސްގެ ރެނޭސްއަށްވެސް ކުޅެފައެވެ.

އޭނާގެ އުމުރުން 20 އަހަރުވީ އިރު އޭނާ ވަނީ ޖުމްލަ ހަތް ފަހަރަކު ފްރާންސްގެ ގައުމީ ޓީމަށް ކުޅެފައެވެ. އަދި މިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ކުޅުނު 49 މެޗުގައި އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
0%
0%
0%
0%
50%
ކޮމެންޓް