ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 16:04
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު
ރައީސް އޮފީސް
މަޖިލިސް
އާންމުކޮށް އޮންނަ އުސޫލުން ބިލްތަކުގެ މަސައްކަތް ގެންދެވުމަށް ރައީސް އެދިވަޑައިގެންނެވި: ހޫދު
 
ސަރުކާރުން 34 ބިލެއް މި ދައުރަށް ހުށަހަޅާނެ
 
ސަރުކާރުން ހުށަހަޅާ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މަޖިލީހުގެ ކޮމިޓީތަކުން

އާންމުކޮށް އޮންނަ އުސޫލުން ބިލްތަކުގެ މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ, ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހުށަހަޅާ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން އަންނާތީ، އެކަމުގައި ސަރުކާރު މައި ޕާޓީ އެމްޑީޕީގެ މެމްބަރުންނާއި، އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި މެދު ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އަދި ސަރުކާރުންދެކޭ ގޮތުގައި ބިލްތައް ޑްރާފްޓްކުރަންޖެހޭނީ ބަންޑާރަނައިބްގެ އޮފީހުންނެވެ.

އެކަމުގައި ސަރުކާރުގެ ނިންމުމަކީ ކޮބައިތޯ ރާއްޖެ.އެމްވީން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން ހޫދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުން ފޮނުވާނެ ބިލްތަކުގެ ތަފްސީލް ހާމަކޮށް ރައީސް ސޯލިހު މަޖިލީހަށް ސިޓީ ފުޅެއް ފޮނުއްވި ކަމަށާއި، އެ ސިޓީ ފުޅުގައި އާންމުކޮށް އޮންނަ އުސޫލުން ބިލްތަކުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ހޫދު ވިދާޅުވީ އާންމުކޮށް އޮންނަ އުސޫލަކީ ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތައް އޭޖީ ޑްރާފްޓް ކުރުން ކަމަށެވެ.

އޭޖީ ޑްރާފްޓް ކޮށްފައި ރައީސް އޮފީހަށް ފޮނުވުމުން ރައީސް އޮފީހުން މަޖިލީހަށް ފޮނުވަނީ.

ހޫދު ވިދާޅުވީ ރައީސް ސޯލިހު އެގޮތަށް އެދިވަޑައިގެންފައި ވަނިކޮށް މަޖިލީހުގެ ކޮމިޓީތަކުން އެ މަސައްކަތް ފެށުމުން އެކަމާއި ގުޅޭ ގޮތުން އެއްވެސް އެެއްޗެއް އަދި ވިދާޅުވެފައިނުވާ ކަމަށެވެ.

މަޖިލީހުގެ މި ދައުރަށް ސަރުކާރުން ވަނީ 34 ބިލެއް ހުށަހަޅާނެ ކަމަށް ބުނެފައެވެ. އަދި އެ ބިލްތަކުގެ މަސައްކަތް މަޖިލީހުގެ އެކި ކޮމިޓީތަކުން އަންނަނީ ކުރަމުންނެވެ. މި ކަމާއި އެކި ފަރާތްތަކުގެ ޚިޔާލް ތަފާތުވުން އުފެދިފައި ވަނިކޮށް ބުދަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޤަވާއިދުވާ ގޮތުން ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީތަކުން ކުރުމަށް ހުރަސް ނާޅާ ކަމަށެވެ. އަދި އެއީ މަޖިލީހުގެ މަސައްކަތް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ނިސްބަތްވާ ޕާޓީގެ ވައުދުތައް ބިލްތަކުގައި ހިމެނުމަށް، އެ ޕާޓީގެ މެމްބަރުން ހިމެނޭ ކޮމިޓީތަކުން އެ ބިލްތައް ޑްރާފްޓް ކުރެވޭނެ ކަމަށެވެ. އަދި ވައުދުތައް އޭގެ ގޮތުގައި ހިމެނޭނީ އޭރުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މަޖިލީހުން ކުރާނީ ސަރުކާރާއި، އޭޖީގެ މަޝްވަރާ އާއި ލަފާގެ މަތިން ކަމަށެވެ. އަދި ބިލާއިގުޅޭ އެހެން ސަރުކާރުގެ އިދާރާއެއް ނުވަތަ ވުޒާރާއެއްވާނަމަ އެ ބައެއްގެވެސް އެހީތެރިކަމާއި އަދި ދައުލަތުގެ އެހެން މުއައްސަސާތަކުގެވެސް އެހީތެރިކަމާއި އެކީގައި ކަމަށެވެ. މީގެ އިތުރުންއަދި އަމިއްލަ ފަރާތްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތްތަކުގެ އެހީގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
50%
50%
0%
ކޮމެންޓް
9 އޮކްޓޯބަރ 2019 | ބުދަ 17:02
ާ އާގިސް
ހަޤީގީ އަދިރި ދައުލަތް ފާޅުވާން ފަށަނީ
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ