އަންގާރަ 22 އޮކްޓޯބަރ 2019
05 ހެއި
1441 ސަފަރު 23
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
މަޣްރިބް 17:53
އިޝާ 19:05
ރާއްޖެ - މަޖިލިސް

ގައިދީން ފޮނުވި 16 ސިޓީގައި ހުރި މައްސަލަތައް ބަލަނީ!

  • 16 ސިޓީގެ ޚުލާސާއެއް ތައްޔާރުކޮށްފައިވާ ކަމަށް
  • ސިޓީތަކުގައި ހުރި ކަންބޮޑުވުންތައް ބެލުމަށް ހިއުމަން ރައިޓްސް ކޮމިޓީއަށް ވަނީ ފޮނުވާފައި

ހައްވާ މުހައްމަދު
hawwimd

ކ. މާލެ 9 އޮކްޓޯބަރ 2019 | ބުދަ 15:59 1,925

މާލޭ ޖަލު - ގޫގުލް

ޖަލުތަކުން ރައީސް ނަޝީދަށް ފޮނުވާފައިވާ 16 ސިޓީއެއް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވައިފިއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ޖަލުތަކުން އެ މަނިކުފާނަށް 16 ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. މި ސިޓީތަކަކީ ޖަލުތަކުގައި ތިބި މީހުންގެ ކަންބޮޑުވުންތަކާއި އުދާސްތައް ބަޔާންކޮށް އެ މީހުން ފޮނުވާފައިވާ ސިޓީތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއީ ޖަލުގައި ތިބޭ މީހުން އެކިއެކި ކަންކަމާ ކުރާ ޝަކުވާ.އެ މީހުންގެ އުދާސްތައް. މިކަންކަމާއި ގުޅޭ ގޮތުން އަޅުގަނޑަށް އެބޭފުޅުން އެކުދިން ސިޓީ ލިޔުނީމައި އަޅުގަނޑަށް އަނެއްކާވެސް ފޮނުވޭނީ ކަމާއި ބެހޭ ކޮމިޓީއަށް. ވަކިވަކި ސިޓީ ކޮމިޓީއަށް ނުފޮނުވާ ވަކި އަދަދެއް ހަމަވީމައި ކޮމިޓީއަށް ފޮނުވަން އަޅުގަނޑު ގަސްތުކޮށްފައި ހުރީ.

~ ރައީސް މުހައްމަދު ނަޝީދު / ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައީސް ނަޝީދު ވިދާޅުވީ އެ 16 ސިޓީގެ ޚުލާސާއެއް އެ މަނިކުފާނު ތައްޔާރުކޮށްފައިވާ ކަމަށާއި، އެ ޚުލާސާ އާއިއެކު 16 ސިޓީގައި ހިމެނޭ ކަންތައް ބެލުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވާ ކަމަށެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމުގެ ގޮތުން ޖަލުތަކާއި ބެހޭ އޮޑިޓެއް ސަރުކާރުން ވަނީ ހަދާފައެވެ. އޮޑިޓްގައިވާ ގޮތުން ޖަލުތަކުގެ ހާލަތު އަދިވެސް އޮތީ ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއްގައެވެ. ޖަލުތަކުގައި އަނިޔާ ކުރާ ކަމަށާއި، ޖަލުތަކުގައި އެކަށީގެންވާ މިންވަރަށް ވުރެ ގިނައިން ގޮޅިތަކުގައި ކުށްވެރިން ގެންގުޅުން ފަދަ ގިނަ މައްސަލަތައް ޖަލުއޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ރަނގަޅު ކުރަން ބުނެފައިވާ ކަންކަން ރަނގަޅު ކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް ކަރެކްޝަނަލް ސާރވިސްއަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ގޮވާލައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް