ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
މަޖިލިސް

5 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ރިޔަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފި

  • މި މަސައްކަތް ހަވާލުކުރެވިފައިވަނީ 12 ހަފްތާގެ ތެރޭގައި ނިންމުމަށް

ކ. މާލެ | 9 އޮކްޓޯބަރ 2019 | ބުދަ 15:38 | 3,960

ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ

5 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ރިޔަން ޕްރައިވެޓް ލިމިޓެޑް، އިން އެސޯސިއޭޝަން ވިތް ލަމެއަރ ގުރޫޕް އެންޑް ނިރާސް އޭ.އެސް (ޑެންމާކް) އާއި ހަވާލުކޮށްފިއެވެ.

އެ ކުންފުންޏައި ހަވާލުކޮށްފައިވަނީ މ. މުލައް، މ. ދިއްގަރު، މ. ކޮޅުފުށި، ތ. ބުރުނީ އަދި ތ. ވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ކުރުމަށެވެ.

ޕްލޭނިންގް މިނިސްޓްރީއިން ބުނީ މި މަޝްރޫއު ކުރިއަށް ގެންދެވެނީ ދެ ޕެކޭޖަކަށް ބަހާލެވިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ޕެކޭޖްގައި ހިމެނެނީ މ. މުލައް، މ. ދިއްގަރު، މ. ކޮޅުފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ކަމަށެވެ. އެގޮތުން މ،ި މަޝްރޫއު ހަވާލުކޮށްފައިވަނީ 1,917,700.59 ރުފިޔާ އަށެވެ.

ދެވަނަ ޕެކޭޖްގައި ހިމެނެނީ ތ. ބުރުނީ އަދި ތ. ވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމެވެ. މި މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1,624,712.88 ރުފިޔާ އަށެވެ. މި މަސައްކަތް ހަވާލުކުރެވިފައިވަނީ 12 ހަފްތާގެ ތެރޭގައި ނިންމުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.