ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 10:40
އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް އެ ސްކޫލްގެ ގޯތި ތެރޭގައި
އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް އެ ސްކޫލްގެ ގޯތި ތެރޭގައި
މުހައްމަދު ޝަރުހާން
އެޑިއުކޭޝަން މިނިސްޓްރީ
އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސްކޫލަށް ދަރިވަރުން ވެއްދުމުގައި އޮޅުވާލުންތަކެއް!
 
ޖަމާލުއްދީން ސުކޫލުން ޖާގަދެވެނީ 120 ދަރިވަރުންނަށް ނަމަވެސް އެ ސުކޫލު ހިމެނޭ ކެޗްމަންޓް އޭރިއާގައި 396 އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ
 
އިސްކަންދަރު ސުކޫލަށް ގުރޭޑް 1 އަށް ޖާގަދެވެނީ 90 ދަރިވަރުންނަށް، ނަމަވެސް 288 އަށްވުރެ ގިނަ ދަރިވަރުންނަށް އެދިފައިވޭ

އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސްކޫލް ހިމެނޭ ސަރަޙައްދުން ސުކޫލަށް ވެއްދުމުގައި އޮޅުވާލާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބައެއް ސުކޫލްތައް ހިމެނޭ ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް، އެސަރަހައްދުގައި ނޫޅޭ ފަރާތްތަކުން އެސަރަހައްދުގައި އުޅޭކަމަށް ލިޔެކިޔުން ހުށަހަޅައި ސުކޫލުން ޖާގަ ހޯދުމަށް މަސައްކަތް ކުރުމުގެ ސަބަބުން، އެސުކޫލު ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނަށް ޖާގަ ލިބުމުގެ ފުރުސަތު ހަނިވެގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސްކޫލް ހިމެނޭ ސަރަޙައްދުގައި ހުރި ބައެއް ގޭގޭގައި 40 އާއި 50 އާ ދެމެދުގެ އަދަދަށް ގްރޭޑް 1 އަށް ވަންނަ އުމުރުފުރާގެ ދަރިވަރުން ދިރިއުޅޭކަމަށް ސިޓީ ހުށައަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީއިން ބެލި ބެލުމުގައި، މިގެތަކުގައި އެ އަދަދަށް ދަރުވަރުން ދިރި ނޫޅޭކަން ފާހަގަކުރެވުނު ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.

އެޑިއުކޭޝަނުން ބުނީ މާލޭގެ ސްކޫލްތަކުން ދަރިވަރުންނަށް ޖާގަ ދިނުމުގެ އުސޫލެއް ހެދުމުގެ މައިގަނޑު ސަބަބަކީ އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސުކޫލުގައި 2020 ވަނައަހަރު އަލަށް ގުރޭޑް 1 އަށް ސުކޫލަށް ވައްދާ ދަރިވަރުންނަށް ދެވެންހުރި ޖާގައިގެ އަދަދަށްވުރެ، އެ ސުކޫލްތައް ހިމެނޭ ކެޗްމަންޓް އޭރިއާގައި ދިރިއުޅޭކަމަށް ހުށަހަޅާފައިވާ ދަރިވަރުންގެ އަދަދު އިތުރުވެފައިވުމުން ކަމަށެވެ.

މިގޮތުން އިސްކަންދަރު ސުކޫލަށް ގުރޭޑް 1 އަށް ޖާގަދެވެނީ 90 ދަރިވަރުންނަށް ނަމަވެސް، އެ ސުކޫލު ހިމެނޭ ކެޗްމަންޓް އޭރިއާގައި 288 އަށްވުރެ ގިނަ ދަރިވަރުން ހިމެނެއެވެ. ހަމައެހެންމެ ޖަމާލުއްދީން ސުކޫލުން ގުރޭޑް 1 އަށް ޖާގަދެވެނީ 120 ދަރިވަރުންނަށް ނަމަވެސް އެ ސުކޫލު ހިމެނޭ ކެޗްމަންޓް އޭރިއާގައި 396 އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ
އެޑިއުކޭޝަން މިނިސްޓްރީ

އެ މިނިސްޓްރީން ބުނީ މާލޭގެ ސްކޫލްތަކުން ދަރިވަރުންނަށް ޖާގަ ދިނުމުގެ އުސޫލުގެ ދަށުން އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސްކޫލް ހިމެނޭ ސަރަހައްދުން ސުކޫލަށް ވަނުމަށް އެދިފައިވާ ދަރިވަރުންނަށް އިންސާފުވެރިކަމާއެކު ފުރުސަތު ދެވިގެންދާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ހިމެނޭ އެހެން ހުރިހާ ސުކޫލްތަކުން، އެސުކޫލް ހިމެނޭ ސަރަހައްދުތަކުން ސުކޫލަށް ވަނުމަށް އެދިފައިވާ ދަރިވަރުންނަށް ޖާގަ ދެވޭނެ ކަމަށެވެ.

އަދި ސުކޫލްތަކަށް ދަރިވަރުން ވެއްދުމާއި އެއް ސުކޫލުން އަނެއް ސުކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އަމަލުކުރާނެ މިންގަނޑު ކަނޑައަޅާފައިވަނީ، ސުކޫލްތަކުގައި 2020 ވަނަ އަހަރަށް ޖާގަ ދެވެން ހުރި އެންމެ ގިނަ މިންވަރު ބަލައި، އެ ސުކޫލު ހިމެނޭ ސަރަހައްދަކުން (ކެޗްމަންޓް އޭރިއާއިން) ވީހާވެސް ގިނަ ދަރިވަރުންނަށް ޖާގަ ދެވޭނެ ގޮތަށް ބަލައިގެން ކަމަށެވެ. އަދި މިއުސޫލުގެ ތެރެއިން އެކުއްޖަކު ދިރިއުޅޭ ސަރަހައްދުގައި ހިމެނޭ ސުކޫލަކުން ޖާގަ ހަމަޖެހުމުގެ ފުރުސަތު ގިނަ ކުދިންނަށް ކަށަވަރުވެގެންދާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
25%
9%
3%
31%
3%
28%
ކޮމެންޓް
11 އޮކްޓޯބަރ 2019 | ހުކުރު 10:08
ޢަލީ
އެކަން އެގޮތަށްކުރަނީ މިހާެު އެކަންޏެއްނުން. އަބަދުވެސް ކޮންމެ އަހަރަކުވެސް އެގޮތަށް ކުދިން ވައްދަނީ. ބަލާބަލަ ސްކޫލްބޯޑުގެ ޗެއަރ އަކަށް ހުރިމީ ހާ ކި ހިނެއްތޯ އޭނަގެކުދިން އިސްކަންދަރު ސްކޫލަށް ވެއްދީ.
9 އޮކްޓޯބަރ 2019 | ބުދަ 22:44
ޢަހަރެން
ޢިސްކަންދަރު ސްކޫލުން 2020 ވަނަ އަހަރު ގްރޭޑް އެކެއްގައި އެއްމެ 3 ކްލާސް ތޯ އޮންންނީ. ޑިމާނޑް އާއި އެއްވަރަށް ކޭޓަރް ކުރާކަށް ނުޖެހޭތޯ؟. 2 އެޕާރޓްމްންޓް އެކުލެވޭގޮތަށް ހުރި 10 ބުރި ޢިމާރާތެއްގައި ކޮއްމެ އެޕާރޓމެންޓެއްގައި 2 ދަރިވަރުން އުޅުނަސް އެގޭގައި 40 ދަރިވަރުން އުޅޭނެ ނޫންތޯ؟
9 އޮކްޓޯބަރ 2019 | ބުދަ 19:36
ޢިސްކޫލު
ތި ދެ ސްކޫލް ހިމެނޭ ސަރަހައްދުގެ މީހުން މާ ގިނައިން ވިހާފައި ތި އޮތީ
9 އޮކްޓޯބަރ 2019 | ބުދަ 15:48
މަރީ
ޢަސްލުވެސް ވަރަށް އޮޅުވާލައިގެން ވައްދާ މީހުން އުޅޭ