ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 15:56
ކުރުނބާ މޯލްޑިވިސްގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
ކުރުނބާ މޯލްޑިވިސްގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ފިނޭންސް މިނިސްޓްރީ
1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯރކް އެގްރީމަންޓެއްގައި ރާއްޖެއިން އައިޓީއެފްސީ އާއިއެކު ސޮއިކޮށްފި
 
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަވެގެން ދާނެ
 
އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިޔަށް ދާނެ
 
ސޮއިކުރެވުނީ 1.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި

އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އިން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ފްރޭމްވޯރކް އެގްރީމަންޓެއްގައި ސޮޮއިކޮށްފިއެވެ.

އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާއި ރާއްޖެ އާ ދެމެދު ފްރޭމްވާރކް އެގްރިމަންޓްގައި ސޮއި ކުރުމަށް ބުދަ ދުވަހު ކުރުނބާ މޯލްޑިވިސް ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މި އެއްބަސްވުން ވެފައިވަނީ 5 އަހަރުގެ މުއްދަތަކަަށް ކަމަށާއި، އައިޓީއެފްސީން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 1.5 ބިލިއަން ޑޮލަރުގެ އެހީގެ ތެރެއިން 300 މިލިއަން ޑޮލަރު ކޮންމެ އަހަރަކު އެކި ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުވެގެންދާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތް 5 އަހަރުގައި ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެކިއެކި ތަރައްގީގެ މަޝްރޫއުތަށް ހިންގުމަށް މާލީ އެހީތެރިކަން މީގެ ސަބަބުން ލިބިގެންދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހްވެސް ވަނީ ބައިވެރިވެވަޑައިގެންފައެެވެ.

މިހާރު އަޅުގަނޑުމެންގެ ތެރޭގައި ހުރި މުހިންމު ބައެއް މަޝްރޫއުތަކަކަށް ހުރީ އެހެންގޮތަކަށް ހޯދައިފަި. މީގެތެރެެއިން އަޅުގަނޑު ކުރިންވެސް ފާހަގަކުރިހެން، އަޅުގަނޑުމެންނަށް ކުރިޔަށް އޮތް ތަނުގައި ފަސޭހަކަމާއިއެކު ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދަން ފައިނޭންސިންގް ހަމަޖެހުނުކަމުގެ ހިއްހަމަޖެހުމެއް.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އައިސީޓީ ފައިނޭންސިންގް ފެސިލިޓީގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް ބައެއް ކަންތައްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިފްކޯގެ ތަރައްގީ އަށް ވަރަށް ބޮޑެތި މަސައްކަތެއް ކުރަންޖެހޭ ކަމަށާއި އެގޮތުން މިހާރުވެސް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މިފްކޯގެ ފަރާތުން އައިޓީއެފްސީ އާއި މަޝްވަރާކުރަމުން ދާކަމަށެވެ. މީގެިއތުރުން މިނިސްޓަރ ވިދާޅުވީ މި އެހީގެ ސަބަބުން އެސްއެމްއީ ބޭންކެއް ގާއިމުކުރުމުގެ މަސައްކަތާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ (އެސްޑީއެފްސީ) ގެ މަސައްކަތް ފެށިގެންދާނެކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދެވޭނެކަމަށެވެ.

އަލުގަނޑުމެން ކުރިންވެސް ފާހަގަކުރި ފަދައިން މިފްކޯގެ ތަރައްގީއަށް ވަރަށް ބޮޑެތި މަސައްކަތެއް ކުރަންޖެހޭ. މިހާރުވެސް މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އަދި މަސްދަޅު ބަންދުކުރުމުގެ ފެކްޓްރީގެ ކެޕޭސިޓީވެސް އެބަޖެހޭ ޑިވެލޮޕް ކުރަންމ އެ މަސައްކަތްވެސް އަލޅުގަނޑުމެން ވާނީ މިފްކޯގެ ފަރާތުން އައިޓީއެފްސީ އާއި ވާހަކަ ދައްކައި މަޝްވަރާ ކުރެވިގެން އެބަދޭ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އިސްލާމިކް ޑިވެލޮޕްމޭންޓް ބޭންކުގެ ދަށުން މަސައްކަތްކުރަމުންދާ އައިޓީއެފްސީގެ މައިގަނޑު މަޤްސަދަކީ އޯއައިސީ މެމްބަރު ޤައުމުތަކުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން ރަނގަޅުކޮށް އެޤައުމުތަކުގެ އިޤްތިސާދު ކުރިއެރުވުމަށް ވެވެން އޮތް އެހީއެއް ވެދިނުން ކަމަށްވާއިރު، 2008 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އަންނަނީ ރާއްޖެއަށް ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޓީއެފްސީގެ ސީއީއޯ ހާނީ ސާލިމް ވިދާޅުވީ، މިވަގުތު އެބޭންކުން ދަނީ މިފްކޯއާއި ގުޅިގެން މިފްކޯއަކީ ރަނގަޅު އާމްދަނީއެއް ލިބޭ ކުންފުންޏަކަށް ހެދުމަށާއި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގައި އުފައްދާ ހަަކަތައިގެ 80 އިންސައްތަ ކޯޕަރޭޝަނުގެ މާލީ އެހީގައިކަން ފާހަގަކުރައްވައި ސަލީމް ވަނީ އިތުރު ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާކަމަށް ވިދާޅުވެ، ރާއްޖެއަށް އައިޓީއެފްސީގެ މެންބަރު ގައުމަކަށް ވުމަށް ދައުވަތު ދެއްވައިފައެވެ.

މިހާރުވެސް އެސްޓީއޯ އާއި އައިޓީއެފްސީ އާއި ދެމެދު ވިޔަފާރީގެ މުއާމަލާތް ކުރެއެވެ. އެގޮތުން 150 މިލިއަން ޑޮލަރުގެ "މުރާބަހާ" ކިޔާ ޓްރޭޑް ފެސިލިޓީއެއް މެދުވެރިކޮށް އެސްޓީއޯއިން އަންނަނީ ތެޔޮ ރާއްޖެއަށް އިމްޕޯޓުކުރަމުންނެވެ. މިއަހަރުފެ ތެރޭގައި ބޭންކުގެ އެހީއާއެކު 810 މިލިއަން ޑޮލަރުގެ ތެޔޮ އެސްޓީއޯން ވަނީ އިމްޕޯޓުކޮށްފައެވެ.

މި ފްރޭމްވޯކް އެގްރީމަންޓުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. އަދި އައި.ޓީ.އެފް.ސީގެ ފަރާތުން ސޮއި ކުރެއްވީ އެ މުޢައްޞަސާގެ ސީ.އީ.އޯ ހާނީ ސަލަމް ސަންބޮލްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ދައުލަތުގެ ވަޒީރުންއާއި ސަރުކާރުގެ އިސް ވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.

މި ފްރޭމްވޯކް އެގްރީމަންޓުގެ ދަށުން ވިޔަފާރި އާއި އިޤްތިސާދު ކުރިއެރުވުމަށް ފަސް އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ޖުމްލަ 1.5 ބިލިއަން ޑޮލަރުގެ މާލީ އެހީ ލިބުމަށް މަގުފަހިވެގެން ދާނެއެވެ. މި ގޮތުން ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމަށާއި، ވިޔަފާރި ކުރިއެރުވުމަށާއި، ދަނޑުވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް މި ފެސިލިޓީ ބޭނުންކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް