ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 11:26
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަލީ އާޒިމް ސަލާމްކުރައްވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަލީ އާޒިމް ސަލާމްކުރައްވަނީ
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
ބިލުތައް ޑްރާފްޓު ކުރާނީ އެކަމަށް ނަގާ ޚާއްސަ ސަބް ކޮމިޓީއަކުން، ދާއިމީ ކޮމިޓީއަކުން ނޫން: އާޒިމް
 
އެކަން ހިނގާނީ ގަވައިދާ އެއްގޮތަށް
 
އެޖެންޑާ 19 ގައި ވެސް ސަރުކާރުގެ ވެސް ވައުދުތަކަކީ އެއް ވައުދުތަކެއް
 
މިހާރު ކުރަން އުޅޭ ކަމަކީ މަސައްކަތްތައް އަވަސް ކުރުން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ދައުރުގައި 34 ބިލެއް ހުށައަޅަން ނިންމާފައިވާއިރު, ސަރުކާރުގެ ފަރާތުން އެ ބިލްތައް ހުށަހެޅުމުގެކުރިން އެ ބިލްތަކުގެ މަސައްކަތް މަޖިލީހުން ކުރިއަށްގެންދަނީ އެކަމަށްޓަކައި ކަނޑައަޅާ ސަބް ކޮމިޓީތަކުން ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ދައުރު ހުށަހަޅަން ތާވަލުކޮށްފައިވާ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީތައް ނަގައި ކުރަން ފަށަން ނިންމާފައިވާއިރު އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޕާޓީގެ ފަރާތުން 20 ބިލެއް މަޖިލީހަށް ހުށައަޅަން ނިންމި ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ހުށައަޅަން ނިންމި 34 ބިލާއި އެއްގޮތް ނުވާ 14 ބިލެއް އެމްޑީޕީއިން ހުށައަޅާ ބިލުތަކުގައި ހިމެނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހަށް ގާނޫނު ހެދުމުގެ ހުރިހާ މަސައްކަތެއް ކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި މި ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތައް ޑްރާފްޓުކުރުމުގެ މަސައްކަތް މަޖިލީހުން ކުރާނީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީއާ އެކުގައި ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ މި ދައުރު ނޮވެމްބަރު 30 ގައި ނިމޭއިރު އެ ބިލްތަކުގެ މަސައްކަތްތައް ނިންމަން އޮތީ ކުޑަ ދުވަސްކޮޅެކެވެ. އެހެންކަމުން މަޖިލީހުން ނިންމީ ބިލުތައް ޑްރާފްޓް ކުރުމަށް އެކަމަށްޓަކައި ޚާއްސަ ކޮމިޓީތަކެއް އުފެއްދުމަށެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވީ މިހާރު ކުރަން އުޅޭ ކަމަކީ މަސައްކަތްތައް އަވަސްކުރުން ކަމަށެވެ. އެބިލަކާއިގުޅޭ ކޮމިޓީއަކަށް ހުށައަޅައިގެން ބިލް ޑްރާފްޓުކުރުމުގެ މަސައްކަތްކަމަށެވެ. އެމަސައްކަތްތައް ކޮމިޓީތަކުން ފަށާފައިވާއިރު ބިލްތައް ފާސްކުރަން މަޖިލީހަށް ހުށައަޅާނީ ޑްރާފްޓް ކުރުމަށްފަހު މަޖިލީހުގެ ގަވައިދަށް ފައްތައިގެންކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ސަބް ކޮމިޓީތަކުގައި ތިއްބަވާނީ ބަންޑާރަ ނައިބުގެ އޮފީހުން ކަނޑައަޅާ ބޭފުޅަކާއި ސަރުކާރުގެ ފަރާތުން ކަނޑައަޅާ ބޭފުޅެއްގެ އިތުރުން މަޖިލީހުން ނިންމާ މެމްބަރުންތައް ކަމަށެވެ. ސަބްކޮމިޓީތައް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އާޒިމް ވިދާޅުވިއެވެ.

ކުރަން މިއުޅޭ ކަމަކީ މަސައްކަތްތައް އަވަސްކޮށް ފަސޭހަ ކުރުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ ސަރުކާރާއި އެކީގައި. އެޖެންޑާ19ގައި ވެސް ސަރުކާރުގެ ވެސް ވައުދުތަކަކީ އެއް ވައުދުތަކެއް. އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ ސަރުކާރަށް ފަސޭހަ ކޮށްދިނުން.
އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް

އާޒިމް ވިދާޅުވީ ބިލްތައް ޑްރާފްޓް ކުރުމަށްފަހު ކުރިންވެސް އަމަލު ކުރަމުންދިޔަ އުސޫލުން މަޖިލީހުގެ އިދާރާއަށް ބިލު ފޮނުވައި ފުރަތަމަ ކިޔުން އިއްވައި ބިލް ދިރާސާ ކުރުމަށް އެކަމަށް ޚާއްސަ ކޮމިޓީއަށް ފޮނުއްވާނެ ކަމަށެވެ. އެކަން ހިނގާނީ ގަވައިދާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ބިލުތައް ޑްރާފްޓު ކުރުމަށް މަޖިލީހުން މަސައްކަތް ފެށުމަށް ނިންމުމާއި ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ފުރިހަމަކޮށްދެނީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ކަމަށާއި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ މައިގަނޑު ގޮތެއްގަ ބިނާވެގެން ވަނީ އެމްޑީޕީގެ އެޖެންޑާ 19 ގެ މައްޗަށް ކަމަށެވެ. އެހެންކަމުން މަޖިލީހުން ވެސް އަދި ބަންޑާރަނައިބުގެ އޮފީހުން ވެސް ކުރަނީ އެއްކަމެއްކަމަށާއި މަޖިލީހުން މިހާރު ކުރަނީ ބިލްތައް އަވަސް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާއިގުޅިގެން ބަންޑާރަނައިބު ވިދާޅުވެފައިވަނީ ބިލްތައް ގުޅިފައި ވަނީ ސަރުކާރުން ވެފައިވާ ވައުދުތަކާއި ކަމަށާއި، ނަޒާހަތްތެރި މަޖިލީހަކުން އެ ބިލްތައް ހުށަހަޅާނެ ފުރުސަތު ސަރުކާރަށް ފަހި ކޮށްދެއްވާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
50%
0%
50%
0%
0%
ކޮމެންޓް