ބުދަ 16 އޮކްޓޯބަރ 2019
13 ހިތަ
1441 ސަފަރު 17
ފަތިސް 04:38
އިރުއަރާ 05:49
މެންދުރު 11:56
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ރާއްޖެ - މަޖިލިސް 2019

ސަރުކާރުގައި ތިބި އެމްޑީއެންގެ ފަރާތްތައް ވަކިކުރުމަށް ގޮވާލާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

  • ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކަށް ފުށުއަރާ، އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ތައުހީނުވާފަދަ ވާހަކަތަކެއް ހިމަނާފައިވާކަމަށް ވިދާޅުވި
  • މި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ މަޖިލީހަށް ހާޒިރުވެތިއްބެވި 50 މެމްބަރުންގެ ތެރެއިން 35 މެމްބަރުންގެ ވޯޓުން

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ 9 އޮކްޓޯބަރ 2019 | ބުދަ 09:53 2,688

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް - މަޖިލިސް

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯރކް (އެމްޑީއެން) އަށް ނިސްބަތްވާ ސަރުކާރުގެ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ވަކި ކުރުމަށް ގޮވާލާ ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމް އަށް ނިސްބަތްވާ، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކަށް ފުށުއަރާ، އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ތައުހީނުވާފަދަ ވާހަކަތަކެއް ހިމަނާފައިވާކަމަށެވެ. އަދި އެކަން ދިވެހި ސަރުކާރުން ގަބޫލު ކުރާއިރު، އެ ޖަމިއްޔާ ހިންގުމުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު 2018 ވަނަ އަހަރު، އެކި މަގާމްތަކަށް އައްޔަނުކޮށްފައިވާ ކަމަށެވެ.

މެމްބަރު ވިދާޅުވީ މައްސަލަ ހުށެހެޅުއްވީ އެފަރާތްތައް ސަރުކާރުގައި ތިބެގެން މަގާމުގެ ނުފޫޒު ބޭނުންކޮށް، އިސްލާމްދީނަށް ފުރައްސާރަކުރާނޭ ކަމަށް ތުހުމަތުކުރެވޭތީކަމަށެވެ. އަދި ހާއްސަގޮތެއްގައި ސަރުކާރުގެ ތަންފީޒީ މަގާމުތަކަށް އެފަރާތްތައް އައްޔަނުކޮށްފައިވާތީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އިސްލާމްދީން ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅި، އިސްލާމީ ވަހުދަތާއި ދިވެހިންގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ޚިލާފު އުފެދި، ބާތިލު ފިކުރުތަށް ރާއްޖޭގައި ފެތުރުމަށް މަގުފަހިވެ، އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމަށް ވާތީ ކަމަށެވެ. މެމްބަރު ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ، އެ ރިޕޯޓު އެކުލަވާލުމަށް ހަރަކާތްތެރިވި ބައެއް ފަރާތްތަކާއި 2015 ވަނަ އަހަރުން ފެށިގެން އެމްޑީއެންގައި އިސްކޮށް މަސައްކަތް ކޮށްފައިވާ ބައެއް ފަރާތްްތައް އައްޔަނުކޮށްފައިވާ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ވަކިކޮށް، އެ ފަރާތްތަކުގެ މަައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅުއެޅުމަށް ސަރުކާރަށް ބާރުއެޅުމުގެ ބޭނުމުގައި ކަމަށެވެ.

މި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ މަޖިލީހަށް ހާޒިރުވެތިއްބެވި 50 މެމްބަރުންގެ ތެރެއިން 35 މެމްބަރުންގެ ވޯޓުންނެވެ. އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވެސް ހުށަހަޅުއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް