ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ރާއްޖެ - އިލެކްޝަންސް ކޮމިޝަން

އީސީއަށް އައްޔަން ކުރާނެ ބޭފުޅަކާގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަނީ

  • އީސީގެ މެންބަރުކަމަށް ކުރިމަތިލި މީހުންގެ ތެރެއިން 4 ބޭފުޅެއްގެ ނަން ވަނީ މަޖިލީހަށް ފޮނުވާފައި
  • ޝަކުވާ ހުށަހެޅުމުގެ ފަހު ދުވަހަކީ މި މަހުގެ 15 ވަނަ ދުވަސް

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 9 އޮކްޓޯބަރ 2019 | ބުދަ 09:39 2,301

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން - މުހައްމަދު ޝަރުހާން

އަންނަ މަހުގެ 4 ވަނަ ދުވަހު ހުސްވާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް އައްޔަން އައްޔަނުކު ރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ފައިވާ ނަންތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 48 ވަނަ ޖަލްސާގައި، އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަނުކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވައި، އެކަން ރައްޔިތުންގެ މަޖިލީހުގައި އިއުލާންކުރައްވާފައިވާ ކަމަށެވެ.

އަދި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ ނަންތަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ ދަށުން އެކަން އިއުލާނުކުރާ ކަމަށެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހަށް ނަން ފޮނުއްވާފައިވާ ބޭފުޅުންނަކީ އީސީގެ ކުރީގެ ރައީސް މއ. ތަޅަމުދިގެ، މާލެ ފުއާދު ތައުފީގު، މިހާރުވެސް އީސީގެ މެންބަރުގެ މަގާމްގައި ހުންނެވި ގއ. މާމެންދޫ، އަލިވިލާގެ އަމްޖަދު މުސްތަފާ، ހ. ގާރޑަނިޔާ، މާލެ ހަސަން ނާޒިމް އަދި ހއ. ކެލާ، އަނބުގަސްދޮށުގެ ހަނީފާ ހާލިދެވެ.

މަޖިލީހުން ބުނީ މި ނަންތަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްނަމަ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެފަރާތެއްގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ކޮމިޓީގެ މެއިލް އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދިނުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް