ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 23:36
2014 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރުމަށްަފަހު އުފާ ފާޅު ކުރަނީ
2014 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރުމަށްަފަހު އުފާ ފާޅު ކުރަނީ
ގެޓީ އިމޭޖަސް
ސްވިންސްޓައިގާ
ޖަރުމަނާއެކު ވާރލްޑް ކަޕް ކާމިޔާބުކުރި ސްވިންސްޓައިގާ ރިޓަޔަރކޮށްފި
 
މިހާތަނަށް ކުޅުނު ހުރިހާ ކްލަބަކުން ދިން އެއްބާރުލުމާއި ހިތްވަރަށް ސުކުރުއަދާ ކުރަން

ޖަރުމަނާއެކު ވާރލްޑްކަޕް ކާމިޔާބުކުރި ބަސްޓިއާން ސްވިންސްޓައިގާ އުމުރުން 35 އަހަރުގައި ރިޓަޔަރކޮށްފިއެވެ.

ރިޓަޔަރ ވުމަށްފަހު ސްވިންސްޓައިގާ ބުނީ މިއީ ކުޅުން ހުއްޓާލަންވީ ވަގުތު ކަމުގައި ދެކޭކަމަށެެވެ. އެހެންނަމަވެސް މިއީ ނިންމަން ވަރަށް އުނދަގޫ ނިންމުމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. ރިޓޔަރަ ކުރުމަށްފަހު އޭނާވަނީ ކެރިއަރުގައި މިހާތަނަށް ކުޅުނު ހުރިހާ ކްލަބަކުން ދިން އެއްބާރުލުމާއި ހިތްވަރަށް ޝުކުރުއަދާކޮށްފައެވެ.

ޖަރުމަނުގެ ޤައުމީ ޓީމުގެ ކޯޗު ލޯ ބުނީ ޖަރުމަނުގެ ޤައުމީ ޓީމުގެ ސްކޮޑުން އަބަދުވެސް ސްވިންސްޓައިގާ އަށް ޖާގަ އޮންނާނެ ކަމަށާއި ސްވިންސްޓައިގާ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށެވެ.

މީގެ އިތުރުން ލޯ ބުނީ ސްވިންސްޓައިގާގެ ކެރިޔަރ އަކީ ކޮންމެ ފުޓުބޯޅަ ކުޅުންތެރިއަކުވެސް އެއިން އިބުރަތް ޙާޞިލު ކުރަން ޖެހޭ ކެރިޔަރެއް ކަމަށް ބުނެފައެވެ.

ސްވެންސްޓައިގާ ވަނީ ޖަރުމަނުގެ ޤައުމީ ޓީމަށް 121 މެޗު ކުޅެދީފައެވެ.

ޖަރުމަނާއެކު ވާރލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ވަނީ ޖަރުމަނު ލީގު އަށްފަހަރު ކާމިޔާބުކޮށްފައެވެ.

ޖަރުމަނުގެ ބަޔާން އަށް 500 މެޗު ކުޅެދީ 68 ލަނޑު ކާމިޔާބުކޮށްދިން ސްވިންސްޓައިގާ ދެން ބަދަލުވީ އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށެވެ. ޔުނައިޓެޑާއެކު ހޭދަކުރި ދެ ސީޒަނުގައި ކުޅުނު 35 މެޗުން އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން ސްވިންސްޓައިގާގެ އެންމެ ފަހުން ކުޅުނު ކްލަބަކީ އެމެރިކާގެ ޗިކާގޯ ފަޔާއެވެ. ޗިކާގޯ ފަޔާއާއެކު ހޭދަކުރި ތިން ސީޒަނުގައި އެޓީމަށް ކުޅުނު 92 މެޗުން 8 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް