ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ބްރޮޑްކާސްޓިން ކޮމިޝަން

ޝަހީބާއި ޒައިނާ ވަކިކުރުން މާދަމާގެ ޖަލްސާގައި!

  • މާދަމާގެ ޖަލްސާގައި ޝަހީބާއީ ޒައިނާ މަޤާމުން ވަކިކުރުމަށް ވޯޓަށް އަހާނެ

ކ. މާލެ | 8 އޮކްޓޯބަރ 2019 | އަންގާރަ 23:21 | 4,783

ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބާ - ޝުއައިބް މުހައްމަދު އިގްބާލް

ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުޙައްމަދު ޝަހީބާއި ނައިބު ރައީސް ފާޠިމަތު ޒައިނާ އެކޮމިޝަނުގެ މެންބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ޤާނޫނީ ގޮތުން އަދާ ކުރަން ޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ މައްސަލައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުވާލި ރިޕޯޓް ބުދަ ދުވަހުގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވަނީ އެޖެންޑާކޮށްފައެވެ.

މާދަމާގެ ޖަލްސާގައި ޝަހީބާއީ ޒައިނާ މަޤާމުން ވަކިކުރުމަށް ވޯޓަށް އަހާނެއެވެ.

ޝަހީބާއި ޒައިނާ މެމްބަރުކަމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ކޮމެޓީގެ މެމްބަރުންގެ އިއްތިފާޤުންނެވެ.

ޝަހީބާއި ޒައިނާ ވަކިކުރަން ނިންމަވާފައިވާއިރު އެކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މެމްބަރު ހަސަން ނަބާހު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ހުސްވެފައިވާ ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން 36 ބޭފުޅަކު ވަނީ މަޤާމަށް ކުރިމަތި ލައްވާފައެވެ.

އަދި އެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. ރައީސް ފޮނުއްވާފައިވާ ނަންތަކަށް މަޖިލީހުން ވަނީ ޢާންމުންގެ ޚިޔާލުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.