ބުދަ 16 އޮކްޓޯބަރ 2019
13 ހިތަ
1441 ސަފަރު 17
ފަތިސް 04:38
އިރުއަރާ 05:49
މެންދުރު 11:56
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ކުޅިވަރު - ކްރިސްޓަން އެރިކްސަން

މި ސީޒަނަށްފަހު ޓޮޓްނަމް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް އެރިކްސަން ދީފި

  • އެރިކްސަން ވަނީ ޓޮޓެންހަމާއެކު ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައި

އަތޫފް އާތިފް
AthifAthoof

ކ. މާލެ 8 އޮކްޓޯބަރ 2019 | އަންގާރަ 19:37 1,689

އެރިކްސަން - ގޯލް.ކޮމް

އިނގިރޭސި ކްލަބް ޓޮޓްނަމުން މި ސީޒަނަށްފަހު ނުފެންނާނެ ކަމުގެ އިޝާރާތެއް ކްރިސްޓެން އެރިކްސަން ދީފިއެވެ.

މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން އެރިކްސަން މި ސީޒަނަށްފަހު ޓޮޓްނަމް ދޫކޮށްލާއިރު ޓޮޓްނަމުން އިތުރު ދެ ކުޅުންތެރިން ދޫކޮށްލަން ވަނީ ނިންމައިފައެވެ.

ދާދިފަހުން މީޑިއާއަށް ދިން އިންޓަރވިއުއެއްގައި އެރިކްސަން ބުނީ ބޮޑު ކްލަބެއްގައި ހުރުމުން އާންމުން ފާޑުފާޑުގެ ވާހަކަ ދައްކާނެކަން އިގޭ ކަމަށާއި، އެހެންނަމަވެސް އެކަމާ މާބޮޑު އަޅާލުމެއް އޭނާ ނުދޭ ކަމަށެވެ.

ޓޮޓްނަމުގައި ކާމިޔާބު ސީޒަންތަކެއް ހޭދަ ކުރެވިއްޖެ ކަމަށް ބުނަމުން އެރިކްސަން ބުނީ މިވަގުތު މުޅިން އާ ތަޖުރިބާއެއް ކުރަން ބޭނުންވާ ކަމަށާއި އިނގިރޭސި ޕްރިމިއަރ ލީގު ނޫން ލީގެއް ތަޖުރިބާ ކޮށްލަން ބޭނުން ވާ ކަމަށެވެ.

އެރިކްސަން މިހެން ބުނިއިރު ޔޫރަޕުގެ ގިނަ ކްލަބްތަކުން އަންނަނީ އޭނާ އަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން އެންމެ ފަހުގެ ޓްރާންސްފަރ މާރކެޓްގައި އޭނާ ގަތުމަށް ޔޫރަޕުގެ ބޮޑެތި ކްލަބްތަކުން މަސައްކަތްކުރި ނަމަވެސް އެންމެ ފަހު ވަގުތު އޭނާ ނިންމީ ޓޮޓްނަމުގައި މަޑުކުރުމަށެވެ.

އަޔެކްސް އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި އެރިކްސަން ޓޮޓްނަމަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 277 މެޗުގައި 66 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޓޮޓްނަމާއެކު ލީގް ކަޕްގެ ދެވަނަ 2014 ވަނަ އަހަރުގެ ސީޒަން ހޯދި އެރިކްސަން ވަނީ ޓޮޓްނަމްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.

މީގެ އިތުރުން ހަތަރު ފަހަރު ޑެންމާކްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ އެރިކްސަން ވަނީ ޤައުމީ ޓީމަށް ކުޅުނު 91 މެޗުގައި 29 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް