ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ރާއްޖެ - އެއްބަސްވުމުގައި ސޮއިކުރުން

ނޫމަޑިއާއެކު 848 މިލިއަން ރުފިޔާގެ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފި

  • އެގްރިމެންޓްގައި ސަރުކަރުގެ ފަރާތުން ސޮއިކޮށްފައިވަނީ 25 އޮގަސްޓްގައި

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 8 އޮކްޓޯބަރ 2019 | އަންގާރަ 19:32 7,071

ނޫމަޑި ރިސޯޓް - ރާއްޖެއެމްވީ

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155،000،000 ( ސަތޭކަ ފަންސާސް ފަސް މިލިއަން) އެމެރިކާ ޑޮލަރާއި އާބިޓްރޭޝަނާއި ގުޅޭ އިތުރު ޚަރަދުތައް ހޯދުމަށް އެދި ނެދަލެންޑްސްގެ ދަ ހޭގް ގައި ހުންނަ ޕާރމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި ދެ މައްސަލަ، އާބިޓްރޭޝަނުން ބޭރުގައި ޙައްލުކޮށް ސެޓްލްމަންޓް އެގްރިމެންޓެއްގައި ދިވެހި ސަރުކާރާއި ނޫމަޑީގެ ފަރާތުން ސޮއި ކޮށްފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ނޫމަޑި ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި ދެ މައްސަލައަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްޤީ ކުރުމަށްޓަކައި ނޫމަޑިއާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ، ޓަރްންސްޕޯޓް އެންޑް އެންވަޔަރމަންޓާއި ދެމެދު 20 ޖަނަވަރީ 2011 ގައި ސޮއި ކުރެވިފައިވާ އެއްބަސްވުން (ފޭސް 1 އެއްބްސްވުން) އާއި 500 ހައުސިންޔުނިޓާއި ، ޕޮލިސް އެކަޑަމީ ފޭސް 1 އާއި، ތިން ރަށެއްގައި ނަރުދަމާގެ ނިޒާމް ތަރައްޤީ ކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި ދެމެދު 30 މެއި 2013 ގައި ސޮއި ކުރެވިފައިވާ އެއްބަސްވުން ( ފޭސް 2 އެއްބަސްވުން) އާއި ގުޅިގެ ހުށަހެޅުނު މައްސަލަތަކެއް ކަމަށެވެ.

ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި ދެފަރާތުން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ދިވެހި ސަރުކާރުން ނިންމާފައި ވަނީ ކޯޓުން/ އާބިޓްރެޝަނުން ބޭރުގައި ޙައްލު ކުރަން ޖެހޭފަދަ މައްސަލަތައް ޙައްލުކުރުމާއި ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވަފައިވާ ސެޓްލްމަންޓް ކޮމިޓީގައި އެ މައްސަލަތަކާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހުގައި ކަމަށް ބަޔާނުގައި ވެއެވެ.

އެގޮތުން ސެޓްލްމަންޓް ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގައި، މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި ޙައްލު ކުރުމަށް މަސައްކަތް ކުރުމަކީ އެ މައްސަލަތަކުގައި ކުރިއަށް ދިއުމަށް އެންމެ ރަނަގަޅު ގޮތްކަމަށް ކޮމިޓީގެ މެންބަރުންނަށް ބުރަވެވުނު ކަމަށެވެ. އަދި ނޫމަޑިއާ މަޝްވަރާކުރުމަށްފަހު ކޮމިޓީން ރައީސަށް ލަފާއެރުވުމުން ރައީސްގެ ހުއްދައާއި އެކު، ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހަޅާފައިވާ އާބިޓްރޭޝަން މައްސަލަތައް ހިމެނޭގޮތުން، ފޭސް 1 އަދި ފޭސް 2 ގެ އެއްބަސްވުމާއި ގުޅިގެން އުފެދިފައިވާ ދެބަސްވުންތައް ޙައްލުކޮށްފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް ފުލް އަދި ފައިނަލް ސެޓްލްމަންޓްގެ ގޮތުގައި 55،000،000 (ފަންސާސް ފަސް މިލިއަން) އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވެގެން ކަމަށް ބަޔާނުގައި ވެއެވެ.

ނޫމަޑިއާއެކު ސެޓްލްމަންޓް އެގްރިމެންޓެއްގައި ސަރުކާރުގެ ފަރާތުން މިނިސްޓްރީން ސޮއިކޮށްފައިވަނީ 25 އޮގަސްޓް 2019 ގައި ކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާރބަން ޑިވެލެޕްމަންޓުން މަޢުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް