ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 18:35
ހޫގޯ ލޮރިސް
ހޫގޯ ލޮރިސް
ގެޓީ އިމޭޖަސް
ހޫގޯ ލޮރިސް
ޓޮޓެންހަމްގެ ކީޕަރު ލޮރިސް މި ސީޒަނުގައި ދެން ނުފެންނާނެ
 
ލޮރިސް އަށް އަނިޔާވީ ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން ޓޮޓެންހަމް ބަލިވި މެޗުގައި

އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އަތުން ޓޮޓްނަމް ބަލިވި މެޗުގައި އަނިޔާވި ޓޮޓްނަމްގެ ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސް އަށް އަނިޔާވެ ދެން މި ސީޒަނުގައި ނުފެންނާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.

ޓޮޓްނަމުން ބުނީ ލޮރިސް އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާނެ ވަކި ދުވަހެއް އަދި ނޭނގޭ ކަމަށާއި ނަމަވެސް އަވަހަށް އަނިޔާއިން ރިކަވަރ ނުވާނެ ކަމަށް އެ ކްލަބުން ބުނެއެވެ. ޓޮޓްނަމްގެ އޮފިޝަލަކު ބުނީ ޔަޤީނުން ވެސް މި ސީޒަނުގައި ލޮރިސް ނުފެންނާނެ ކަމަށާއި އޭނާ އަށް އަނިޔާއިން ސަލާމަތް ވުމަށާއި އަރާމް ކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

މެޑިކަލް ޓެސްޓުތަށް ދައްކާ ގޮތުން ލޮރިސްގެ އުޅަބޮށީ ކައިރިން ލިގަމެންޓަށް އަނިޔާވެފައިވާއިރު ޓޮޓްނަމުން ބުނީ މި ކަމަށް ފަރުވާކުރަން މަދުވެގެން ދެ މަސް ވާނެ ކަމަށާއި ލޮރިސް އޮޕަރޭޝަނެއް ކުރަން ނުޖެހުނު ކަމުގައި ވިޔަސް އެއްކޮން ފިޓްވެ ކުޅެވޭ ވަރުވާނީ މިސީޒަނަށްފަހުގައި ކަމަށެވެ.

މި ސީޒަނުގައި ޓޮޓްނަމަށް ލޮރިސް 8 މެޗު ކުޅެފައިވާއިރު، އޭނާއަށް 2020 ވަނަ އަހަރު އޮންނަ ޔޫރޯ މުބާރާތުގެ ކޮލިފައިންގައި އައިސްލޭންޑް އަދި ތުރުކީއާ ދެކޮޅަށް ފްރާންސް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.

ލޮރިސްއަށް ލިބުނު އަނިޔާއާއެކު ގިނަ ޢަދަދެއްގެ ފުޓުބޯޅަ ސަޕޯޓަރުން އަދި ކުޅުންތެރިން އަންނަނީ އޭނާ ފަހަތުގައި ތިބިކަން ހާމަކޮށް އަވަސް ޝިފާއަކަށް އެދެމުންނެވެ.

މިހާތަނަށް ޓޮޓްނަމަށް 300 މެޗު ކުޅެފައިވާ ލޮރިސް ވަނީ އެޓީމާއެކު ފުޓްބޯލް ލީގް ކަޕްގެ ދެވަނަ އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ.

ފްރާންސްގެ ޤައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕް 2018 ވަނަ އަހަރު ކާމިޔާބުކޮށްފައިވާ ލޮރިސް ވަނީ ޤައުމީ ޓީމަށް މިހާތަނަށް 113 މެޗު ކުޅެފައެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ފީފާގެ ދެވަނައަށް އެންމެ މޮޅު ގޯލު ކީޕަރގެ މަޤާމު ހޯދާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް