ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 18:52
\'\'ލިއްލާ\'\' ލަވައިގެ ޕޯސްޓަރު
''ލިއްލާ'' ލަވައިގެ ޕޯސްޓަރު
އިންސްޓަގްރާމް
އަދިތްޔަ ނާރަން
ޢަދިތުޔަ ނާރަޔަން ރާއްޖޭގައި ކުޅުނު ލަވަ ރިލީޒް ކޮށްފި
 
ލަވަ ރިލީޒް ކޮށްފައިވަނީ ހޯމަ ދުވަހު
 
މަންޒަރުތައް ނަގާފައިވަނީ ވާދޫ ގައި

އިންޑިއާގެ މަޝްހޫރު ޕްލޭބެކް ލަވަކިޔުންތެރިޔާ އުދިތު ނާރަޔަންގެ ދަރިފުޅު އަދިތުޔަ ނާރަޔަން ރާއްޖޭގައި ކުޅެފައިވާލަވަ ޔޫޓިއުބްގައި ރިލީޒް ކޮށްފިއެވެ.

ހޯމަ ދުވަހު ރިލީޒްކުރި ''ލިއްލާ'' ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ސްރީލަންކާގެ އެޓިކަން ސްޕޭސް އިން ރާއްޖޭގައި ހިންގަމުން އަންނަ އަދާރަން ވާދޫ ޕްރެސްޓީޖް ވާދޫ މޯލްޑިވްސްގައެވެ. އެ ލަވާގައި އަދިތުޔާއާ އެކު ޙަރަކާތްތެރިވާނީ މޮޑެލެއް ކަމަށްވާ ޝުޝްރީ މިޝްރާއެވެ. އެ ލަވާގައި ވާދޫގެ ރީތީ މަންޒަރު ތަކުގެ އިތުރުން ޔޮޓެއްގައި ނަގާފައިވާ ރާއްޖޭގެ ރީތި މަންޒަރުތައް ހިމެނެއެވެ.

މީގެ ހަތަރު މަސް ކުރިން ރާއްޖޭގައި ނަގާފައިވާ އެ ލަވައި ޕްރޮޑިއުސްކޮށް ލަވައިގެ ހުރިހާ ކަމެއް ކޮށްފައިވަނީ އަދިތުޔާގެ ބޭންޑުންނެވެ. އެ ލަވައާބެހޭ ގޮތުން އަދިތުޔާ ބުނީ، އެއީ އިންޑިއާއިން ބޭރުގައި ޝޫޓް ކުރި ފުރަތަމަ ލަވައަށްވީއިރު ރާއްޖޭގައި، ވަރަށް ބޮޑު ތަޖުރިބާއެއް ކުރެވިފައިވާ ކަމަށެވެ.

ލަވަ ޢާއްމުންނާ ހަމަޔަށް ގެނެސްދިނުމަށް އޭނާގެ ޓީމުން ކޮށްފައިވާ މަސައްކަތް ފާހަގަ ކުރަމުން އަދިތުޔާ ބުނީ، ލަވަ ޝޫޓް ކޮށްފައިވަނީ ފަސް ހަފުތާ އާއި ހަތް ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ކަމަށެވެ. އަދިތުޔާ ވަނީ މީގެ ކުރިންވެސް ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
46%
8%
0%
16%
5%
24%
ކޮމެންޓް