ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 18:31
އެފްއޭއެމްގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެފްއޭއެމްގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމްގެ އާ އިމާރާތުގެ ބިންގާ އަޅައިފި
 
ފީފާއިން އަންނަނީ ފޯވަޑް ޕޮރޮގްރާމްގެ ދަށުން ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ ޕްރޮޖެކްޓްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން

ފުޓުބޯޅައިގެ މައި އިދާރާ ފީފާ ގެ މިންގަނޑުތަކަށް ފައްތައިގެން އަލަށް ހަދާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އާ ޢިމާރާތުގެ ބިންގާ އަޅައިފިއެވެ.

އެފެއޭއެމްގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. މި މަޝްރޫޢަކީ ފީފާގެ ފޯވަޑް ޕޮރޮގުރާމްގެ ދަށުން ޢިމާރާތްކުރާ ތަނެކެވެ.

އެފްއޭއެމްގެ އާ ޢިމާރާތާއެކު ބޮޑު ޓާރފް ދެ ދަނޑު ހެދުމަށް ވަނީ ނިންމައިފައެވެ. އަދި އެފްއޭއެމްގެ އާ ޢިމާރާތުގައި ސްޕޯޓްސް ރިހިބިލިޓޭޝަން ސެންޓަރެއްގެ އިތުރުން ކުޅުންތެރިންނާއި ފުޓުބޯޅައިގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަވާނެހެން ޚިދުމަތްތަކެއް ޤާއިމު ކުރެވިގެންދާނެ ކަމަށް އެފްއޭއެމުން މަޢުލޫމާތުދެއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ކްލަބްތަކަށް މިހާރު ދިމާވަމުންދާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަމަށެވެ. ބައްސާމް ވިދާޅުވީ ކްލަބްތަކަށް ޕްރެކްޓިސް ކުރުމަށް ރަނގަޅު ފެންވަރުގެ ދަނޑެއް އޮތުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ފީފާއިން އަންނަނީ ފޯވަޑް ޕޮރޮގްރާމްގެ ދަށުން ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަޝްރޫޢޫތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް