ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 18:35
މީޑިއާނެޓްގެ ސޭލްސް ސެންޓަރު
މީޑިއާނެޓްގެ ސޭލްސް ސެންޓަރު
ރާއްޖެއެމްވީ
މީޑިއާނެޓް
ކޮންމެ ހަފުތާއަކު އައިފޯން 11އެއް ލިބޭގޮތަށް މީޑިއާނެޓްގެ ބޮޑު ޗުއްޓީ ޕްރޮމޯޝަން ފަށައިފި
 
ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 11 ލިބިގެންދާނެ
 
ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް

މީޑިއާނެޓްގެ ބޮޑު ޗުއްޓީ ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ފަށާފައިވާއިރު ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މީޑިއާނެޓުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 11 ލިބިގެންދާނެ ކަމަށާއި ޕްރޮމޯޝަންގައި ބައިވެރިވުމަށް "ވޯންޓް އިޓް އޯލް" ޕެކޭޖަށް ސަބްސްކްރައިބް ކުރަންޖެހޭނެ ކަމަށެވެ.

މީޑިއާނެޓްގެ "ވޯންޓް އިޓް އޯލް" ޕެކޭޖުގެ ދަށުން ހުރިހާ ޗެނެލްގެ ޚިދުމަތް ލިބިގެންދާއިރު މިހާރު ޕެކޭޖް އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުޞަތު އެކުންފުނިން ވަނީ ހުޅުވާލާފައެވެ.

ގުރުއަތުން ހޮވޭ ފަރާތް އައިސްޓީވީ މެދުވެރިކޮށް އިޢުލާން ކުރެވޭނެއެވެ. މި ޕްރޮމޯޝަންގައި މީޑިއާނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ.

މީޑިއާނެޓުން ކޮންމެ އަހަރަކު ވެސް ބޮޑު ޗުއްޓީ ޕްރޮމޯޝަން ބާއްވައެވެ. އެގޮތުން މިދިޔަ އަހަރު ވެސް މި ޕްރޮމޯޝަން ބާއްވާފައިވާއިރު ގުރުއަތުން ހޮވުނު ފަރާތްތަކަށް ކޮންމެ ހަފުތާއަކު M580 ގެ ޑީކޯޑަރެއް ވަނީ ހަދިޔާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
33%
0%
44%
11%
11%
ކޮމެންޓް
8 އޮކްޓޯބަރ 2019 | އަންގާރަ 21:27
ބޭބެ
މިމަހުގެ 9 ވަނަ ދުވަހަކީ މާދަމާއެވެ.