ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 17:24
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
އައްޑޫ ސިޓީ
ކައުންސިލް ބާރުވެރި ނުކުރެވޭނަމަ، އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއް އުފައްދަން ފެނޭ : މެމްބަރު ނިހާދު
 
މެމްބަރު ނިހާދު ވަނީ ލާމަރުކަޒީ ގާނޫނަ ގުޅޭގޮތުން ހުށައެޅުނު ދެ ޤަރާރަށް ވެސް ތާއީދުކުރައްވާފަ
 
އައްޑޫ ސިޓީ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ގާނޫނު އިސްލާހު ކޮށްގެން : މެމްބަރު ނިހާދު
 
މެމްބަރު ނިހާދު މިހެން ވިދާޅުވީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމުގެ ގަރާރުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން

ކައުންސިލްތަކަށް ދޭންޖެހޭ ބާރުވެރިކަން ނުދެވިއްޖެ ޙާލަތެއްގައި، އައްޑޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއް އުފެއްދުމަށް ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ގޮވާލައްވައިފިއެވެ.

ނިހާދު މިހެން ވިދާޅުވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮތް، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ގޮވާލައި ހުށަހަޅި ޤަރާރުގެ ބަހުޘް މަރުޙަލާގައެވެ. މި ޤަރާރު ހުށައެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދުއެވެ.

ނިހާދު ވިދާޅުވީ، ހުޅުމާލެ ތަރައްޤީ ކުރުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި މުޅި ހުޅުމާލެ އޮންނަ އުޞޫލުން އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއް އުފައްދާ، މުޅި އައްޑޫ ސިޓީ އެކުންފުންޏާ ޙަވާލުކުރަން ފެންނަ ކަމަށެވެ. އޭރަށް، އައްޑޫ ސިޓީ ވެސް ތަރައްޤީވެ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

ނަމަވެސް، ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރެވިއްޖެ ޙާލަތެއްގައި، މި ހުރިހާ ހުރަސްތަކެއް ނެތިގެން ގޮސް، އައްޑޫ ސިޓީ ކައުންސިލަށް އެ ސިޓީ ތަރައްޤީ ކުރެވޭނެ ކަމަށް ޤބޫލުކުރައްވާ ކަމަށް، ނިހާދު ވިދާޅުވިއެވެ. މިހާރުވެސް ގިނަ މަޝްރޫޢު ނުހިންގެނީ ލާމަރުކަޒީ ޤާނޫނުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަން ވެސް ނިހާދު ފާހަގަކުރެއްވިއެވެ.

މި ޤަރާރަށް ފުރިހަމައަށް ތާއީދުކުރައްވާ ކަން ހާމަކުރައްވާ ނިހާދުވަނީ، ކައުންސިލްތަކުގެ އިހްތިޞާޞް ކަނޑައަޅަން ހުށައަޅާފައިވާ ޤަރާރަށް ވެސް ތާއީދުކުރައްވާފައެވެ. މިއީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގައި ވެފައިވާ އެންމެ ފުރަތަމަ އެއް ވަޢުދުކަމާއި، އެޖެންޑާ 19ގައި ވެސް ހިމެނިފައިވާ އެއް ވަޢުދުކަން ނިހާދު ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
33%
67%
0%
0%
0%
0%
ކޮމެންޓް