ބުދަ 08 އޭޕުރިލް 2020
01 އައްސިދަ
1441 ޝައުބާން 15
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ރިޕޯޓު - ރާއްޖެޓީވީ ރޯކޮށްލުން

ރާއްޖެޓީވީ ރޯކޮށްލުން : އިންސާފު ލިބޭނެކަމުގެ އުންމީދުގައި ތިބޭތާ 6 އަހަރު!

  • ޖަރީމާ ހިންގާފައިވަނީ 2013 ވަނަ އަހަރު
  • މާސްކު އަޅައިގެން ތިބި ފަސް މީހުން ރާއްޖެޓީވީ ހުރި އިމާރާތަށް ވަދެ ސްޓޫޑިއޯ ރޯކޮށް އަޅިއަށް ހަދާލީ

ސިމާހާ ނަސީމް
sim_kamana

ކ. މާލެ | 8 އޮކްޓޯބަރ 2019 | އަންގާރަ 00:10 | 7,346

ރާއްޖެޓީވީގައި ރޯކޮށްލުން - ރާއްޖެއެމްވީ

ރާއްޖެޓީވީ ރޯކޮށްލި ބިރުވެރި ނާމާން ޖަރީމާ ހިންގާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ފަތިހު 04:45 ގައެވެ. ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓެއް އަންދައި އަޅިއަށް ހަދާލާފައިވަނީ، ރާއްޖެޓީވީއަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބި، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށެވެ.

މާސްކު އަޅައިގެން ތިބި ފަސް މީހުން ރާއްޖެޓީވީ ހުރި އިމާރާތަށް ވަދެ ސްޓޫޑިއޯ ރޯކޮށް އަޅިއަށް ހަދައިލިތާ ހަ އަހަރު ފާއިތުވެގެން ދިޔައިރުވެސް އެކަމުގައި ރާއްޖެ ޓީވީއަށް އިންސާފު ލިބިފައެއް ނެތެވެ. އެ ޓެރަރިސްޓު ހަމަލާގައި ރާއްޖެޓީވީގެ އެތައް މުދަލަކާއި މުވައްޒަފުންގެ އަގު ބޮޑުމުދާތައް އަނދާ ހުލިވިއެވެ.

އެ ދުވަހު މުވައްޒަފުންނަށް ކުރި އިހްސާސްތައް ވެސް ބަޔާންކުރަން ދަތިއެވެ.

އޮފީހުން ފަތިހު ގުޅާފައި ބުނީ ރޯވެގެން އެބަ އުޅެޔޭ އަވަހަށް އަންނާށޭ، އޭރު ޤަބޫލެއް ނުކުރެވުނު އެވާހަކަތަކެއް އެކަމަކު އެދިމާލަށް ގޮސް ދުންގަނޑު ފެނުމުން މީހާގެ ނިދި ވެސް ފިލި. އޮފީސް މައްޗަށް އަރާ ބެލީ އެކަކަށް ވެސް އަނިޔާވިތޯ. އޭރު ބައެއް ސްޓާފުން ނިދާނެ އޮފީހުގައި. ހީވި ކަހަލަ ދެވަނަ ގެ އަންދާލީއޭ، ވަރަށް ގިނަ ހަނދާންތައް އެ އޮފީހާއި ގުޅިފައި ވަނީ. ލާ ކޯޓު ވެސް އަދައިގެން ދިޔަ. ލިބުނު ހިތާމައިގެ އިތުރަށް ލިބުނު ޝޮކް މާބޮޑު އަސްލު އެދުވަހު

~ އޭރު އެޑްމިންގައި މަސައްކަތް ކުރި (މިހާރު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ) ޒުނާނާ ޒާލިފް ބުންޏެވެ.

ދައުލަތުގެ ބައެއް މުއައްސަސާތަކާއި ވެރިންގެ އިހުމާލު އޮތް މި މައްސަލައިގައި ބަދަލު ނަގައި ދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބޭރުކޮށްލާފައިވާއިރު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލަ ވެސް ވަނީ ހުއްޓިފައެވެ. މިދިޔަ އަހަރު ރާއްޖެޓީވީގެ ފަރާތުން ވަނީ ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ އަލުން ރިވިއު ކޮށްދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން ވެސް އެދިފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް އައިރު އެކަމުގައި އަލިމަގެއް ފެންނާކަށް ނެތެވެ.

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ އަލުން ރިވިއު ކޮށްދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއާ ބައްދަލުކުރުން

އެ ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އިމާރާތަށް އެއްމިލިއަން ތިންލައްކަ ސަތާރަހާސް ހަތަރު ސަތޭކަ ތިރީސް ރުފިޔާގެ ގެއްލުން ލިބުނެވެ. ތަކެއްޗާއި ސާމަނަށް ދިހަ މިލިއަން ތިންލައްކަ ތިރީސް ނުވަ ހާސް ހަތަރު ސަތޭކަ ތިން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. އެހެންކަމުން ރާއްޖެ ޓީވީއަށް ލިބުނު ގެއްލުމުގެ ޖުމްލަ ޢަދަދު 11.65 މިލިއަން ރުފިޔާއަށް އަރައެވެ.

ފާއިތުވި ހަ އަހަރު ރާއްޖެޓީވީއަށް އެތައް ގިނަ ގެއްލުންތަކާއި އަދި ފިއްތުންތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ރާއްޖެޓީވީ އެކި ފަހަރުމަތިން ޖޫރިމަނާކޮށްފައެވެ. އެންމެ ފުރަތަމަ ރާއްޖެޓީވީ 1 މިލިއަން ރުފިޔާ އާއި 2 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު އޭގެ ފަހުން ޖޫރިމަނާކޮށްފައިވަނީ 5 ލައްކަ ރުފިޔާ އިންނެވެ.

ރާއްޖެޓީވީ ޖުރިމަނާ ކުރުން

ރާއްޖެޓީވީ ރޯކޮށްލި ޙަމަލާއަކީ ދިވެހި ތާރީޚުގައި މީޑިއާ އަކަށް ދިން އެންމެ ނުރައްކާތެރި އަދި އެންމެ ގެއްލުން ބޮޑު ހަމަލާއެވެ. ޓީވީ ސްޓޭޝަން ރޯކޮށްލި މައްސަލައިގައި އިންސާފު ލިބުން ހުއްޓިފައި އޮތުމަކީ އަދިވެސް އެންމެ މި ސްޓޭޝަނުން އެންމެ ކަންބޮޑުވާ ކަންތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.