ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 18:20
ގައުމީ 19 އަހަރުން ދަށުގެ ޓީމު
ގައުމީ 19 އަހަރުން ދަށުގެ ޓީމު
އެފްއޭއެމް
ގައުމީ ޓީމު
ގައުމީ 19 އަހަރުން ދަށުގެ ޓީމުން 3 ކުޅުންތެރިޔަކު ސީނިއަރ ޓީމަށް!
 
ސީނިއަރ ޓީމަށް ޗޯޓު ނެގި ކަމަށް މައުލޫމާތު ލިބޭ

ގައުމީ 19 އަހަރުން ދަށުގެ ފިރިހެން ފުޓުބޯޅަ ޓީމުގެ ތިން ކުޅުންތެރިޔަކު ސީނިއަރ ޓީމަށް ނަގައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 19 އަހަރުން ދަށުގެ ޓީމު ސާފް ޗެމްޕިއަންޝިޕް އަދި އޭއެފްސީ ކޮލިފައިންގައި ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ޓީމުން ތިން ކުޅުންތެރިޔަކު ސީނިއަރ ޓީމަށް ނަގާފައިވާ ކަމަށެވެ.

އެގޮތުން ބައްސާމް ވިދާޅުވީ، ސީނިއަރ ޓީމަށް ނެގި ތިން ކުޅުންތެރިން ސީރިއާ މެޗުގައި ބައިވެރިވުމަށް ދުބާއީއަށް އާދީއްތަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސީނިއަރ ޓީމަށް ނެގި ތިން ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ 19 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) އެވެ. ސީނިއަރ ޓީމަށް ހޮވާފައިވާ އިތުރު ދެ ކުޅުންތެރިންނަކީ، އިބްރާހިމް ސާވީ އަދި އަހުމަދު ނާހިލް އިބްރާހިމްއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ސީނިއަރ ޓީމު މިވަގުތު އަންނަނީ ސައުދީ އަރަބިއްޔާގައި ތަމްރީން ހަދަމުންނެވެ.

ކޮލިފައިންގައި ސީނިއަރ ޓީމު ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގައި ޗައިނާ އަތުން ބަލިވީ 0-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ރާއްޖެ އަދި ސީރިއާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
40%
60%
0%
0%
0%
0%
ކޮމެންޓް