ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 18:21
ވުލްވްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ވުލްވްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑު ބަލިވެއްޖެ
 
ޔުނައިޓެޑު ބަލިވީ ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 0-1 ގެ ނަތީޖާއަކުން
 
ސިޓީ ބަލިވީ ވުލްވްސްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން

ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އަދި މެންޗެސްޓަރ ޔުނައިޓެޑު ކުޅުނު މެޗުން ބަލިވެއްޖެއެވެ.

ސިޓީ ބަލިވީ އާދީއްތަ ދުވަހުގެ ރޭ ވުލްވްސްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ވުލްވްސްއިންނެވެ. އެގޮތުން އެޓީމުން ވަނީ ވުލްވްސްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ.

މި ހާފްގައި ވުލްވްސްއަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ ރަނގަޅަށް މި ހާފްގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެންވެސް ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށްވެސް އެޓީމުން ވަނީ މި ހާފްގައި ފުރުސަތުތައް ތަނަވަސްކޮށްފައެވެ. ނަމަވެސް މި ހާފްގައި އެޓީމަށް އެންމެ ރަނގަޅަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ވުލްވްސްއިން މެޗުގެ ލީޑު ނެގީ 80 ވަނަ މިނެޓުގައެވެ. މި ލަނޑު ޖިމެނޭޒްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެޑަމާ ޓްރޯރޭއެވެ. އަދި އިތުރު ވަގުތުގައި ޖިމެނޭޒްގެ އެހީތެރިކަމާއެކު ޓްރޯރޭ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 8 މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ވުލްވްސް އޮތީ ކުޅުނު 8 މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑު ބަލިވީ ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ނިއުކާސަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ޔުނައިޓެޑުގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ.

ފުރަތަމަ ހާފްގައި ޔުނައިޓެޑުގެ ފަރާތުން މާ ރަނގަޅު ހަމަލާތަކެއް ނުފެނުނު ނަމަވެސް، އެޓީމަށްވެސް ވަނީ މި ހާފްގައި ލީޑު ނެގުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެން ނިއުކާސަލްއިން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައިވާއިރު، ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

ނިއުކާސަލްއިން މެޗުގެ ލީޑު ނެގީ 72 ވަނަ މިނެޓުގައެވެ. މި ލަނޑު ވިލެމްސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލޯންސްޓާފްއެވެ. މިއީ އޭނާ ނިއުކާސަލްއަށް ކުޅުނު ފުރަތަމަ މެޗެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ ކުޅުނު 8 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ. މެޗުން މޮޅުވި ނިއުކާސަލް އޮތީ ކުޅުނު 8 މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް