ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 15:15
ފެބްރުއަރީ މަހުގައި އަންބަރީ ދޯނި އިންޑިއާ ކައިރިން މަސްވެރިންކަން ކުރަމުންދަނިކޮށް އިންޑިއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައި
ފެބްރުއަރީ މަހުގައި އަންބަރީ ދޯނި އިންޑިއާ ކައިރިން މަސްވެރިންކަން ކުރަމުންދަނިކޮށް އިންޑިއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައި
ޓްވިޓަރ
އަންބަރީ މަސް ދޯނި ދޫކޮށްލުމަށް އިންޑިއާގެ ސަރުކާރ
އިންޑިއާ ކަޑުގެ ސިފައިން ހިފެހެއްޓި ދިވެހި މަސްއުޅަނދު ދޫކޮށްލަން އިންޑިއާ ސަރުކާރުން ނިންމައިފި
 
އަންބަރީ ދޯނި އިންޑިއާ ކޯސްޓްގާޑުން ހިފެހެއްޓީ މަލިކު ކައިރީގައި މަސްވެރިކަން ކުރަމުންދަނިކޮށް
 
މި ދޯނި ހިފަހައްޓާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު

އިންޑިއާގެ ކަނޑުގެ ޞަރަޙައްދުގައި ޙަރަކާތްތެރިވަމުންދަނިކޮށް އެޤައުމުގެ ކޯސްޓްގާޑުން ހިފެހެއްޓި "އަންބަރީ" ނަމަކަށް ކިޔާ ދިވެހި މަސްވެރި އުޅަނދު ދޫކޮށްލުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ރާއްޖޭގެ މަސްވެރި އުޅަނދު ދޫކޮށްލަން އިންޑިއާ ސަރުކާރުން މިއަދު ނިންމީ ރާއްޖޭގެ ފޮރިން މިނިސްޓްރީން އެޤައުމުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއަށް ގުޅައިގެން، މި އުޅަނދު މިނިވަން ކުރުމަށް ކުރި މަސައްކަތުންނެވެ. އިންޑިއާ ސަރުކާރުގެ މި ނިންމުން ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދަށް އަންގަވާފައިވަނީ މިއަދުގެ ހެދުނުގެ ވަގުތެއްގައެވެ.

ދޭދޭ ޚާރިޖީ ގުޅުމުގެ ތެރެއިން އިންޑިއާ ސަރުކާރުން މިނިންމި ނިންމުމުގެ ދަށުން، މަސްވެރިއުޅަނދާއި އޭގައި ތިބި ފަޅުވެރިންވެސް މިނިވަންކުރަން ވަނީ ނިންމާފައެވެ.

މިމައްސަލައާއި ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ އެހެން ޤައުމެއްގެ ކަނޑުގެ ޞަރަޙައްދުގައި ދިވެހި މަސްވެރި އުޅަނދުތައް ޙަރަކާތްތެރިވުމަކީ ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކަމެއްކަން ބަޔާންކޮށް މިކަމަށް ސަމާލުވުމަށް ދިވެހިރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކުރާ އުޅަނދު ފަހަރުގެ ވެރިންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

"އަމްބަރީ" ބޯޓު އިންޑިއާ ކަނޑުގެ އަސްކަރިއްޔާއިން އަތުލައިގަނެފައިވަނީ މިދިޔަ ހޮނިހިރުދުވަހު މަލިކާއި 3 މޭލު ބޭރުންނެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ވެސް އިންޑިއާ ކަނޑުގެ ޞަރަޙައްދުން ދިވެހި މަސްދޯންޏެއް ވަނީ އަތުލައިގަނެފައެވެ. ނަމަވެސް އިންޑިއާ ކަނޑުގެ ޞަރަޙައްދުން ހިފެހެއްޓި މަސްދޯނި ވަނީ އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލައިފައެވެ. އެމްއެންޑީއެފުް ބުނީ އެ ފަހަރު މަސްދޯނި އިންޑިއާ ސިފައިން ދޫކޮށްލީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުމުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގެ މަސްވެރިން އަވައްޓެރި ޤައުމުތަކުގެ ކަނޑުގެ ޞަރަޙައްދަށް ނުވަނުމަށް އެމްއެންޑީއެފުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. މިއީ މިގޮތަށް އިންޑިއާ ސިފައިން އެޤައުމުގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ރާއްޖޭގެ ދެވަނަ އުޅަނދެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
6%
35%
0%
29%
6%
24%
ކޮމެންޓް