ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ވިޔަފާރި - ލެޓްސް ގޯ މޯލްޑިވްސް

އިންޑިއަން އޯޝަންގެ ލީޑިންގ ޓުއަރ އޮޕަރޭޓަރަކަށް ލެޓްސް ގޯ މޯލްޑިވްސް

  • 2017 ވަނަ އަހަރު ވެސް ލެޓްސް ގޯ މޯލްޑިވްސްއަށް މި އެވޯޑް ލިބިފައިވޭ
  • އެވޯޑްސް ބާއްވާފައިވަނީ މި މަހުގެ 5 ވަނަ ދުވަހު ގްރީސްގެ އެތީންސްގެ ސްޓަނިން ލޭކް ވޮލިއަގްމިނީގަ

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 7 އޮކްޓޯބަރ 2019 | ހޯމަ 13:21 1,533

އިންޑިއަން އޯޝަންގެ ލީޑިންގ ޓުއަރ އޮޕަރޭޓަރަކަށް ލެޓްސް ގޯ މޯލްޑިވްސް ހޮވި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރިޒާ (ވ) އެވޯޑާއި ހަވާލުވެވަޑައިގަންނަވަނީ / ފޮޓޯ: ޓުވިޓާ - ޓްވިޓަރ

އިންޑިއަން އޯޝަންގެ ލީޑިންގ އޮޕަރޭޓަރަކަށް ރާއްޖޭގެ ޓުއަ އޮޕަރޭޓަރެއްކަމަށްވާ ލެޓްސް ގޯ މޯލްޑިވްސް ހޮވިއްޖެއެވެ.

2019 ވަނަ އަހަރުގެ ސެވެން ސްޓާރސް ލަގްޒަރީ ހޮސްޕިޓާލިޓީ އެންޑް ލައިފްސްޓައިލް އެވޯޑްސް ހަފްލާގައި ލެޓްސް ގޯ މޯލްޑިވްސްއަށް މި އިންޑަސްޓްރީގެ އެންމެ މަތީ އެވޯޑް "ސިންގްނަމް ވަޔަރޓޫޓިސް ސީލް އޮފް އެކްސެލެންސް" ވަނީ އަރުވާފައެވެ. މި އެވޯޑާއި ހަވާލުވެވަޑައިގަތީ ލެޓްސް ގޯ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރިޒާއެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ވެސް ލެޓްސް ގޯ މޯލްޑިވްސްއަށް މި އެވޯޑް ލިބިފައިވެއެވެ.

ލެޓްސް ގޯ މޯލްޑިވްސްއަކީ 100 އަށްވުރެ ގިނަ ރިސޯޓާއި ސަފާރީ އަދި ޔޮޓްތަކާއި ގުޅުން އޮންނަ ރާއްޖޭގައި އޮޕަރޭޓްކުރާ ބޮޑު އެއް ޓުއަރ އޮޕަރޭޓާ ކުންފުންޏެވެ. މީގެ އިތުރުން މި އެޖެންސީން އަގުހެޔޮ ޕެކޭޖްތައް ތައާރަފްކޮށްފައިވާއިރު، ވީއައިޕީ ކުލައިންޓުންނަށް ހާއްސަ ލަގްޒަރީ ޕެކޭޖްތަކާއި، ޓްރެވެލް އެޖެންޓުންނާއި ގާތް ގުޅުމެއް ބާއްވާ ސުޕަރ ޔޮޓް ޗާޓާ ކުރުމާއި، އޭވިއޭޝަން ގްރައުންޑް ހޭންޑްލިން އެސިސްޓެންސް ކޮށްދެއެވެ.

ސެވެން ސްޓާރ ލަގްޒަރީ ހޮސްޕިޓާލިޓީ އެންޑް ލައިފް ސްޓައިލް އެވޯޑްސް ބާއްވާފައިވަނީ މި މަހުގެ 5 ވަނަ ދުވަހު ގްރީސްގެ އެތީންސްގެ ސްޓަނިން ލޭކް ވޮލިއަގްމިނީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް