ކ. މާލެ
|
7 އޮކްޓޯބަރ 2019 | ހޯމަ 12:17
އިންފޮމޭޝަން ކޮމިޝަނަރ ގެ އޮފިސް
އިންފޮމޭޝަން ކޮމިޝަނަރ ގެ އޮފިސް
މުހައްމަދު ޝަރުހާން
މަޖިލިސް
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ އިންޓަރވިއު ކުރުން ފެށިއްޖެ
 
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ދައުލަތުން އުފައްދާފައިވަނީ 13 ޖުލައި 2014 ގައި
 
އިންފޮމޭޝަން ކޮމިޝަނަރެއް ނެތި އެ މުއައްސަސާ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ ވަނީ ތިންމަސްދުވަސް ވެފައި
 
އިންޓަރވިޔުކުރަން ހަަމަޖެހިފައިވަނީ ރައީސް އިސްކަންދެއްވި ތަރުތީބުން އެންމެ ކުރީގައިވާ ހަތަރު ބޭފުޅުންނާޢި

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި އިންޓަރވިއުކުރުން ފެށިގެން ކުރިއަށް އެބަދެއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި އިންޓަރވިޔުކުރަމުން ދަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީންނެވެ. އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ނުވަ ފަރާތަކުން ކުރިމަތިލައްވާފައިވާއިރު، އިންޓަރވިޔު ކުރުމަށް ކޮމިޓީން ނިންމާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތަރުތީބުން އެންމެ ކުރީގައި ހިމެނޭ ހަތަރު ބޭފުޅުންނާއި އެވެ.

ރައީސުލް ޖުމްހޫރިއްޔާ އިސްކަންދެއްވި ތަރުތީބުގައި ހިމެނޭ ފުރަތަމަ ހަތަރު ބޭފުޅުންނަކީ:

  • •ހުސެއިން ފިޔާޒު މޫސާ
  • •އަޙްމަދު ފަޔާޒު
  • •އަޙްމަދު އާހިދު ރަޝީދު
  • •ފާތިމަތު ސައުޝަން

ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން އެންމެ ކުރީގައި އޮތް ނަންފުޅު ކަމަށްވާ ރާއްޖެޓީވީގެ ކުރީގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި ހެދުނު 10 ޖެހިއިރު، ކޮމިޓީން ވަނީ އިންޓަރވިއު ކުރަން ފަށާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށް މި ދިޔަ ހަފުތާގައި އެޖެންޑާކުރުމަށްފަހު ވަނީ ، ކޮމިޓީ ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފައެވެ. މަޖިލީހުން މިހާރު ޢަމަލުކުރަމުން އަންނަ ޤަވާއިދުގައިވާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ އިންޓަރވިއު ލައިވް ކުރަން ބޭނުންނަމަ، އެފުރުޞަތު މީީޑިއާތަކައް ދޭންޖެެހެއެވެ.

ޤާނޫނު އަސާސީގައި އޮންނަ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަންޖެހެއެވެ. އެ މަޤާމުގައި ކުރިން ހުންނެވި ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރުގެ މުއްދަތު ވަނީ 22 ޖޫން 2019 ގައި ހަމަވެފައެވެ. އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރެއް ނެތި، އެ މުއައްސަސާ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ މިހާރު ވަނީ ތިންމަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ދައުލަތުން އުފައްދާފައިވަނީ 13 ޖުލައި 2014 ގައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް