ބުދަ 25 ނޮވެންބަރު 2020
12 ނޮރަ
1442 ރަބީޢުލްއާޚިރު 09
ފަތިސް 04:38
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:17
އިރުއޮއްސޭ 17:52
އިޝާ 19:08
އިކޮނަމިކް މިނިސްޓްރީ

ފުރަތަމަ އީޔޫ ބިޒްނަސް ރައުންޑް ޓޭބަލް ބައްދަލުވުން ފަށައިފި

  • ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި ރާއްޖޭގެ އިގްތިސާދުގެ މައްޗަށް އަލިއަޅުވާލާނެ
  • ގައުމީ ތަރައްގީގެ ޕްލޭންގެ މައުލޫމާތު އިންވެސްޓަރުންނަށް ދޭނެ

ކ. މާލެ | 7 އޮކްޓޯބަރ 2019 | ހޯމަ 11:12 | 3,260

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އީޔޫ ބިޒްނަސް ރައުންޑް ޓޭބަލް ބައްދަލުވުމުގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލު (މ) ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު - ރާއްޖެ އެމްވީ

އިކޮނަމިކް މިނިސްޓްރީއާއި ޔޫރަޕިއަން ޔޫނިއަންގެ ވަފުދުން ގުޅިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ "އީޔޫ ބިޒްނަސް ރައުންޑް ޓޭބަލް" ބައްދަލުވުން ހޮޓެލް ޖެންގައި ފަށައިފިއެވެ.

މި ބައްދަލުވުން ކުރިއަށްގެންދަނީ ރާއްޖޭގައި އިންވެސްޓް ކުރުމާއި ގުޅޭގޮތުން ހުރި ފުރުސަތުތަކާއި ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ ރާއްޖޭގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި، ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތުންގ ލައި މަރގިއުއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި ރާއްޖޭގެ އިގްތިސާދުގެ މައްޗަށް އަލިއަޅުވާލާ ހާއްސަ ޕްރެޒެންޓޭޝަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރެޒެންޓޭޝަނަކީ ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭނާއި ކަންކަން ރާވާ ހިންގުމަށް ތައްޔާރުކޮށްފައިވާ ޕްލޭންތަކުގެ މައުލޫމާތު އިންވެސްޓަރުންނަށް ދިނުމަށް ހުށަހަޅާ ޕްރެޒެންޓޭޝަނެކެވެ.

މީގެ އިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ލޯންޗް ކުރާ ފަންޑުތަކާއި ގުޅޭ މައުލޫމާތު މި ބައްދަލުވުމުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އީޔޫ ބިޒްނަސް ރައުންޑް ޓޭބަލް ބާއްވާނެ ކަމަށް އިއުލާންކޮށްފައިވަނީ ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑްރިކާ މުގޮރިނީ ރާއްޖޭއަށް އޮގަސްޓް މަހުގައި ކުރެއްވި ދަތުރުގެތެރެއިންނެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ ރާއްޖޭގައި ހަރަކާތްތެރިވާ ޔުރަޕްގެ ކުންފުނިތަކަށް ރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓް ފަހިކުރުމުގެ ބޭނުމުގައި ބާއްވާ ބައްދަލުވުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.