އަންގާރަ 22 އޮކްޓޯބަރ 2019
05 ހެއި
1441 ސަފަރު 23
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
މަޣްރިބް 17:53
އިޝާ 19:05
ރިޕޯޓު - މަގޭ ރިޕޯޓް

ގާސިމަށް ލިބިވަޑައިގެންނެވި އަނިޔާތައް ދިފާއުކުރެއްވި އިސް ބޭފުޅުން ޕާޓީގެ ކުރީ ސަފުގައި؟!

  • ގާސިމަށް ކުރިމަތިވި ހިތްދަތިކަމާއި ލިބިވަޑައިގެންނެވި ބޮޑެތި އަނިޔާތައް އެމެމްބަރުން ދިފާއު ކުރެއްވި
  • ގާސިމް ހިންގަވާ ޖުމްހޫރީ ޕާޓީއަކީ އެބޭފުޅުންގެ ސިޔާސީ ކުރިމަގު ކަމަށް މެމްބަރުން ވިދާޅުވި

ތަހާރަތު މުހައްމަދު ވަހީދު
thahavahyd

ކ. މާލެ 7 އޮކްޓޯބަރ 2019 | ހޯމަ 13:43 6,715

ޖޭޕީއަށް ގުޅިވަޑައިގެންނެވި ޕީޕީއެމްގެ އިސް ބޭފުޅުން - ރާއްޖެއެމްވީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ ޑިމޮކްރަޓިކް ވެރިކަމެއް ރާއްޖޭގައި ވުޖޫދަށް އައިފަހުން ސިޔާސީ މަސްރަހުގައި އަބަދު ވެސް މުހިއްމު ބޭފުޅެކެވެ. އެމަނިކުފާނަކީ ޕާޓީ ނިޒާމުގެ ވެރިކަމުގައި ސިޔާސީ ތިލަފަތުގެ ބަރެކެވެ. ވެރިކަމެއް ގެނައުމުގައި އެމަނިކުފާނު އަރުއްވާ ފަޅިއެއް މިހާތަނަށް އޮތީ ކާމިޔާބު ވެފައެވެ. 2008، 2013 އަދި 2018 ވަނަ އަހަރު ވެރިކަމަށް ގެނައުމުގައި ގާސިމްގެ ދައުރު ބޮޑުކަން އެއީ އެންމެން ވެސް ދަންނަ ހަގީގަތެކެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުން ބަލިވިއިރު ގާސިމްގެ ޕާޓީ އޮތީ ވެރިކަން ކުރާ އެމްޑީޕީ ކޯލިޝަން ފަޅީގައެވެ. އޭރު ވެރިކަން ކުރި ޕީޕީއެމްގެ އިސް ފަރާތްތައް ގާސިމަށް ކުރީ ޖެއްސުމެވެ. ގާސިމަށް ކުރިމަތިވި ހިތްދަތިކަމާއި ލިބިވަޑައިގެންނެވި ބޮޑެތި އަނިޔާތައް ދިފާއު ކުރައްވާ އޭރު ޕީޕީއެމްގެ އެ މެމްބަރުން ތިއްބެވީ ސަރުކާރަށް ސަނާ ކިޔުމުގައެވެ.

މި ދައްކަނީ ވެރިކަން ބަދަލުވެ މަޖިލީސް އިންތިޚާބުން ބޮޑު ކާމިޔާބީއެއް ސަރުކާރަށް ލިބުނު ފަހުން ޖުމްހޫރީ ޕާޓީއަށް ވަޑައިގެންނެވި ޕީޕީއެމް މެމްބަރުންގެ ވާހަކައެވެ. އޭރު އަނިޔާވެރިކަމަށް ވާގިވެރިވެ، ޕީޕީއެމް ވެރިކަމުގައި ކުރިހާ ލާއިންސާނީ އަނިޔާތައް އެއީ ރަނގަޅު ކަންތައްތަކަށް ދެކުނު މެމްބަރުންގެ ވާހަކަ އެވެ. ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު ގާސިމްގެ ކަރަށް ފިއްތާލިއެވެ. އެކައުންޓް ފްރީޒްކޮށް ޖަލަށް ލުމުން އެކަމަށް ވެސް ތައުރީފުކޮށް ވާހަކަ ދެއްކެވިއެވެ.

އޭރު ގާސިމް އިބްރާހިމްހާ އަމިއްލަ އެދުން ބޮޑު ބޭފުޅެއް ވެސް ފެނިވަޑައިނުގެންނެވީއެވެ. ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު ގާސިމް އިބްރާހިމްއަށް އިޝާރަތް ކުރައްވާ ދެއްކެވިއެވެ. އެތަކެއް ތުހުމަތެއް ކުރެއްވިއެވެ. ގާސިމް ޕީޕީއެމްގެ ކޯލިޝަނަށް ގެންނެވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް އެތަށް ފަޅުރަށްތައް ދެއްވި ވާހަކަ ވެސް ގޮވާލެއްވިއެވެ.

"އޮނަރަބަލް އަހުމަދު އަދީބު ކުރެން އައްސަވަ ބައްލަވާ ގައުމީ މި ގުޅުމުގެ ސަބަބުން ވަޑައިގެން ގާސިމް އިބްރާހިމް އަށް ކިތަށް ފަޅުރަށްތައް ދޭން ޖެހުނުތޯ" ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ގާސިމަށް ފާޑުވިދާޅުވެ ނިހާން ވިދާޅުވިއެވެ.

އެ ފާޑުކިޔުންތަކުގެ ރާގު ބަދަލުވެ ގާސިމްއަށް ވުރެ ރަނގަޅު ބޭފުޅަކު ނެތި ތައުރީފު އޮއްސަވަން ފެއްޓެވީ ޖުމްހޫރީ ޕާޓީއަށް ވަޑައިގެންނެވި ހިސާބުންނެވެ. ގާސިމް އެ މެމްބަރުން ގަބޫލުވެސް ކުރެއްވީއެވެ. ޖޭޕީއަށް ގުޅިވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް ދައްކާ އެއް ވާހަކައެއް އޮވެއެވެ. ގާސިމް ހިންގަވާ ޖުމްހޫރީ ޕާޓީއަކީ އެބޭފުޅުންގެ ސިޔާސީ ކުރިމަގު ކަމެވެ. އަލަށް ގުޅިވަޑައިގެންނެވި ޕީޕީއެމްގެ އެ މެމްބަރުން ތައުރީފުކޮށް ދައްކަވާ ވާހަކަތައް އަޑުތައް އައްސަވަން ގާސިމް އިންނަވަނީ އަބަދު ވެސް ހިނިތުންވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް