ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 18:44
ގިގްސް
ގިގްސް
ގެޓީ އިމޭޖަސް
މެންޗެސްޓަރ ޔުނައިޓެޑް
ޔުނައިޓެޑަށް އިތުރު ފަސް ކުޅުންތެރިން ބޭނުންވޭ : ގިގްސް
 
މިދިޔަ ޓްރާންސްފާގައި ޔުނައިޓެޑަށް ގެނެސްފައިވަނީ ތިން ކުޅުންތެރިން

މެންޗެސްޓަރ ޔުނައިޓެޑަށް އިތުރު ފަސް ކުޅުންތެރިޔަކު ބޭނުންވާ ކަމަށް އެ ކްލަބުގެ ކުރީގެ ލެޖެންޑް އަދި ވޭލްސްގެ ކޯޗު ރަޔަން ގިގްސް ބުނެފިއެވެ.

ދަ ސަންއަށް ދިން އިންޓަވިއުއެއްގައި ގިގްސް ބުނީ، މިދިޔަ ޓްރާންސްފަރ ބާޒާރުގައި ޔުނައިޓެޑަށް ގެނައީ ތިން ކުޅުންތެރިން ކަމަށާއި، ކްލަބަށް އަޞްލު ހަތެއް ނުވަތަ 8 ކުޅުންތެރިން ގެންނަންޖެހޭ ކަމަށެވެ.

ގިގްސް ބުނީ، އިތުރަށް ހަތަރެއް ނުވަތަ ފަސް ކުޅުންތެރިން ޔުނައިޓެޑަށް ގެންނަން ޖެހޭ ކަމަށާއި، އެންމެ ޓްރާންސްފަރ ވިންޑޯއެއްގައި ހުރިހާ ކުޅުންތެރިން ނުގެނެވޭނެ ކަމަށެވެ.

އެގޮތުން ގިގްސް ބުނީ، އަވަސް އަރުވާލައިގެން ކުޅުންތެރިން ގެނައުމުގެ ބޭނުމެއް ނެތް ކަމަށާއި، ހަމަޖެހިގެން ބޭނުންވާ ކުޅުންތެރިން ކްލަބަކަށް ގެނެވޭނެ ކަމަށެވެ. އަދި ކޯޗު ސޯލްޝެއާއަށް ވަގުތު ދޭން ޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ޔުނައިޓެޑު ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. ބާކީ ދެ މެޗުން ބަލިވެފައިވާއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޔުނައިޓެޑާ ސޯލްޝެއާ ޙަވާލުވެ މިހާތަނަށް އިރުޝާދު ދިން 39 މެޗުގެ ތެރެއިން 19 މެޗުން ޔުނައިޓެޑު މޮޅުވެފައިވާއިރު، 11 މެޗުން ވަނީ ބަލިވެފައެވެ. އަދި ނުވަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް