ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 18:34
ސިރިސޭނާ އާއި ގޯޓާބެ
ސިރިސޭނާ އާއި ގޯޓާބެ
ގޫގުލް
މައިތިރިޕާލަ ސިރިސޭނަ
ސިރީސޭނާގެ ތާއިދު މިފަހަރު ގޮތަބަޔައަށް، އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމެއްނެތް
 
ވާދަނުކުރައްވާނެ ކަމަށް ނިންމެވީ ފަހު މިނިޓްގައި
 
ތާއިދު ކުރައްވަން ނިންމެވީ އެއްވެސް ޝަރުތަކާއި ނުލާ
 
ދެ އެމްއޯޔޫއެއްގައި ސޮއިކުރަން ވަނީ ހަމަޖެހިފައި

ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގޮތަބަޔަ ރާޖަޕަކްސެ އަށް ތާއިދުކުރަން ނިންމަވާފައިވާ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައީސް މައިތިރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ސިރިސޭނާ ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ތާއިދުކުރައްވަން ނިންމެވީ އެއްވެސް ޝަރުޠަކާއި ނުލާ ކަމަށެވެ. ސިރިސޭނާ ވަނީ ހޮނިހިރު ދުވަހު ރާޖަޕަކްސަގެ ތިން ބެއިންނާއި ބައްދަލު ކުރައްވާފައެވެ.

މަޝްވަރާތަކަކަށް ފަހު އެސްއެލްއެފްޕީ އާއި ގޮތަބަޔަ އާއި ދެމެދު ''އެމްއޯޔޫ'' އެއްގައި ސޮއިކުރުން ގޮތަބަޔާގެ ގެކޮޅުގައި އޮންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުން ހޮނިހިރު ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ވަނީ އެސެއެލްއެފްޕީން ގޯޓާބެއަށް ކެމްޕޭނުކުރަން ނިންމާފައެވެ. އެ ނިންމުން ވެގެންދާނީ އެ ޕާޓީއަށް ލިބިގެންދާ ބޮޑު ކުރިއެރުމަކަށެވެ. އެސްއެލްޕީޕީގެ ކެނޑިޑޭޓް ގޮތަބަޔަގެ ސިޓިޒަންޝިޕާ ބެހޭ ގޮތުން ކޯޓަށް ހުށައެޅި މައްސަލަ ކޯޓުުން ވަނީ ބޭރުކޮށްލާފައެވެ.

އެސްއެލްއެފްޕީން ދެ އެމްއޯޔޫއެއްގައި ސޮއިކުރަން ހަމަޖެހިފައިވާއިރު، ފުރަތަމަ އެމްއޯޔޫ އަކީ ގޮތަބަޔައާ އެކު ސޮއިކުރާ ކުރާ އެމްއޯޔޫއެކެވެ. ދެވަނަ އެއްބަސްވުމަކީ އެސްއެލްޕީއާ ގުޅުމަށް ސޮއިކުރާ އެމްއޯޔޫއެކެވެ. ދެވަނަ އެމްއޯޔޫގެ ދަށުން ދެ ފަރާތުން އެއްބަސްވެގެން ކުރިޔަށް އޮތް އިންތިޚާބުތަކުގައި ވާދަކުރާނެ ކެނޑިޑޭޓުން ހަމަޖައްސާނެއެވެ.

އެ އެމްއޯޔޫގައި ސޮއިކުރުން އޮންނާނީ އަނޫރާދަޕޫރާ ގައި އޮންނަ ގޯތަބަޔަގެ ރެލީއާ ދިމާކޮށް މި ހަފުތާގެ ބުދަ ދުވަހުއެވެ.

އެސްއެލްޕީއެފްގެ ފަރާތުން އިންތިޚާބުގައި ވާދަކުރަައްވާނެ ކަމަށް ސިރިސޭނާ މި ހަފުތާގައި ނިންމަވާފައިވާއިރު، ރައިސް ސިރިސޭނާ ވަނީ ސްރީލަންކާގައި އެކި ޞަރަޙައްދުގަ ތިބި ޕާޓީގެ ވެރިންނާއި ބައްދަލުކޮށް އެ ބޭފުޅުންނަށް ސުވާލުތަކެއް ހުށައަޅުއްވާފައެވެ. އެ ބައްދަލުވުމުގައި ސިރިސޭނާ ވަނީ ގޯޓާބޭ އަށް ނުވަތަ ސަޖިތް ޕްރެމަދާސައަށް ތާއިދު ކުރައްވާނީތޯ ނުނީ އެއްވެސް ފަރާތަކަށް ތާއިދު ނުކޮށް ހުންނަވަނީތޯ މެމްބަރުން އަރިހުން ސުވާލުރައްވާފައެވެ.

ބައްދަލުވުމުގައި ގިނަ މެމްބަރުން އެމަނިކުފާނު އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވިއިރު، ސިރިސޭނާ ބޭނުންފުޅުވީ ކޮމިޓީން ނިންމާ ގޮތަކަށް ކުރިޔަށް ގެންދިޔުމަށެވެ. އެހެން ނަމަވެސް އިންތިޚާބު ކާމިޔާބު ކުރުމަށް ގިނަ ޢަދަދެއްގެ ވޯޓު ބޭނުންވާތީވެ، އެ ޢަދަދު ލިބޭނެކަމުގެ ޔަޤީންކަން ނެތުމުން ވާދަނުކުރަން ނިންމެވީ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
20%
80%
0%
0%
0%
0%
ކޮމެންޓް