ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 21:16
ކޮސް ގިނަ މިސްޓޭކްގެ ބައެއް ތަރިން
ކޮސް ގިނަ މިސްޓޭކްގެ ބައެއް ތަރިން
ފޭސްބުކް
ކޮސް ގިނަ މިސްޓޭކް
ފިލްމް "ކޮސް ގިނަ މިސްޓޭކް" ނޮވެމްބަރުމަހު ސިނަމާއަށް އަންނަނީ!
 
ޔޫއްޕެ ބުނީ ފިލްމުގެ މަދު މަންޒަރެއް ނޫނީ އެއްކޮށް ޝޫޓް ކޮށް ނިމިއްޖެ ކަމަށް

މިފަހަކަށް އައިސް ކޮމެޑީ ފިލްމުތައް ސިނަމާތަކަށް ގެނެސްފައިވާ ކުޅަދާނަ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އަމިއްލަ ވާހަކަ އަކަށް ލިޔެ ޑައިރެކްޓްކުރާ ފިލްމު "ކޮސް ގިނަ މިސްޓޭކް" އަންނަ ނޮވެމްބަރު މަހު ޕްރެމިއަރ ކުރަން ތައްޔާރުވަމުން އެބަދެއެވެ.

ފިލްމުގެ މަންޒަރުތަކަށް ޑަބް ކުރުން ބާރު ސްޕީޑްގައި ކުރިޔަށްދާ ކަމަށް ޔޫއްޕެ ބުނެފިއެވެ.

ވީމީޑިއާގެ ދެވަނަ ފީޗާ ފިލްމާއި ބެހޭ ގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ޔޫއްޕެ ބުނީ ޝޫޓިންގެ 90 އިންސައްތަ ޝޫޓްކޮށް ނިމި އެޑިޓްވެސް ކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ބާރު ސްޕީޑްގައި ޑަބްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ޔޫއްޕެ ބުންޏެވެ.

"މިހާރު ޑަބިން ކުރިޔަށްދަނީ، ވަރަށް ފޯރީގައި އެ މަސައްކަތް ވެސް ފަށާގެން ކާސްޓުންގެ އެއްބާރުލުން ފުރިހަމަޔަށް ލިބިގެން ކުރިޔަށް ދަނީ،" ޔޫއްޕެ ބުންޏެވެ.

ޖުމްލަ ހަ ލަވަ ހިމެނޭ އެ ފިލްމުގެ ބޮޑު ބައި ޝޫޓް ކޮށްފައިވަނީ އދ. ފެންފުށީގައެވެ. ފިލްމުގެ މަންޒަރުތަކެއް ސަން އައިލެންޑް ރިސޯޓްގައި ވެސް ނަގަން ވަނީ ނިންމާފައެވެ. އެ މަންޒަރުތައް ނެގުމަށް ވަރަށް އަވަހަށް ފުރާނެ ކަމަށް ޔޫއްޕެ ބުންޏެވެ.

ޔޫއްޕެ ބުނީ "ކޮސް ގިނަ މިސްޓޭކް" އަކީ އެކި މީހުންނަށް ލޯބީގައި ދިމާވާ ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ.

ބޮޑު ކާސްޓަކާއެކު ހަދާ އެ ފިލްމުގެ މައި ރޯލުތަކުން 14 ތަރިން ފެންނާނެއެވެ. އޭގެ ތެރޭގައި ހާމިދު އަލީ، އަހުމަދު އީސާ، އިރްފާނާ އިބްރާހީމް، މަރިޔަމް އައްޒަ، ނުޒުހަތު ޝުއައިބް، އަހުމަދު ނިމާލް، އަލީ އާޒިމް، އިބްރާހިމް ޝާފިއު، ގުލިސްތާން މުހައްމަދު، އަލީ ސީޒަން، އަހުމަދު ސައީދު، އައިޝަތު ލަހުފާ، މުހައްމަދު ނަވާލް އަދި ޔޫއްޕެ ހިމެނެއެވެ.

އަންނަ ނޮވެމްބަރު މަހު ފިލްމު ސިނަމާއަށް ގެންނަން ނިންމާފައިވީނަމަވެސް ސީދާ ވަކި ތާރީހެއް އަދި ކަނޑަ އަޅާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
10%
60%
0%
0%
0%
30%
ކޮމެންޓް