ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 11:14
ސައުތް އޭޝިއަން ބެޑްމިންޓަން މުބާރާތުގެ ތެރެއިން
ސައުތް އޭޝިއަން ބެޑްމިންޓަން މުބާރާތުގެ ތެރެއިން
ޓްވިޓަރ
ސައުތް އޭޝިއަން ބެޑްމިންޓަން މުބާރާތް
21 އަހަރުން ދަށުގެ ސައުތް އޭޝިއަން ބެޑްމިންޓަން މުބާރާތް ފަށައިފި
 
މި މުބާރާތުގައި ސާކް ސަރަހައްދުގެ ހަތް ގައުމަކުން 56 އެތްލީޓުން ވާދަކުރޭ

21 އަހަރުން ދަށުގެ ސައުތް އޭޝިއަން ބޭޑްމިންޓަން މުބާރާތް އައްޑޫ ސިޓީގައި ފަށައިފިއެވެ.

ސާކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބޭއްވޭ މި މުބާރާތް ކުރިޔަށްދާނީ ހަތަރު ކޯޓު ހިމެނޭ ގޮތަށް މުޅިން އަލަށް ހެދުނު އިންޑޯ ކޯޓުގައެވެ. މި ކޯޓަކީ އިންޓަރނޭޝަނަލް ސްޓޭންޑަރޑް އަށް ފަރުމާ ކުރެވިގެން ހަދައިފައިވާ ކޯޓެކެވެ. މި ކޯޓު އެޅުމަށް ސަރުކާރުން ވަނީ 6.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.

ސާކް ސަރަހައްދުގެ ހަތް ގައުމަކުން 56 އެތްލީޓުން ވާދަކުރާ މި މުބާރާތް ރާއްޖޭގައި ބޭއްވޭ މިއީ ފުރަތަމަ ފަހަރެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މި މުބާރާތް ބޭއްވުމަށް މީގެ ކުރިން ވެސް ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް އެފުރުސަތު ދޫކޮށްލާން ޖެހުނީ އެކަށީގެންވާ ވަރަށް ވަސީލަތް ނެތުމުން ކަމަށެވެ.

ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި މި މުބާރާތް ބޭއްވުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި ކުޅިވަރު ހަމައެކަނި މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް އަތޮޅު ތެރޭ ރަށްތަކުގައި ވެސް ކުޅިވަރު ކުޅޭ ވަސީލަތްތަށް ގާއިމް ކޮށްދޭނެކަމަށެވެ.

މި މުބާރާތަކީ މިދިޔަ ދެ ހަފްތާ ތެރޭގައި ރާއްޖޭގައި ބޭއްވޭ ތިންވަނަ ބައިނަލްއަގްވާމީ މުބާރާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް