ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 11:14
ފަޒީލް
ފަޒީލް
މިހާރު
grown pre
އެތްލެޓިކްސް ގްރޯން ޕްރީ: 3000 މީޓަރު ދުވުމުން ފަޒީލް ގައުމީ ރެކޯޑް އާކޮށްފި
 
މިއީ މި ރެކޯޑް ފަޒީލް އައުކުރި ދެވަނަ ފަހަރު

ނެޝެނަލް ގްރޯން ފްރީ އެތްލެޓިކްސް މުބާރާތުގައި 3000 މީޓަރު ދުވުމުން ގައުމީ ރެކޯޑް ފަޒީލް އާކޮށްފިއެވެ.

މި މުބާރާތުގެ އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމް ހޯދައިފައިވަނީ 200 މީޓަރުގެ ރަން މެޑަލް، 100 މީޓަރުގެ ރަން މެޑަލް އަދި 400 މީޓަރުގެ ރަން މެޑަލް ހޯދި މިވަގުތު ރާއްޖޭގައި ހުރި އެންމެ އުންމީދީ ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަންއެވެ. މީގެ އިތުރުން ހިމްނާ ވަނީ މި އަހަރުގެ ގައުމީ މުބާރާތާއި އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އެތްލީޓުގެ މަގާމް ވެސް ހޯދައިފައެވެ.

މި މުބާރާތުގެ ފިރިހެން އެންމެ މޮޅު އެތްލީޓަކަށް ހޮވިގެންދިޔައީ ފަޒީލެވެ. އޭނާ އާއި އެންމެ ކައިރިން ވާދަކުރި ހަސަން ސާއިދު ތިން ރަން މެޑަލް މި މުބާރާތުން ހޯދައިފައި ވެއެވެ. ނަމަވެސް ފަޒީލަށް އެންމެ މޮޅު އެތްލީޓުގެ މަގާމް ލިބުނީ 3000 މީޓަރު ދުވުމުން އޭނާ ހަދައިފައިވާ ގައުމީ ރެކޯޑް އާކުރުމުންނެވެ.

ފަޒީލް މި ރެކޯޑް އާކުރީ 3000 މީޓަރުގެ ދުވުން 9:11 ސިކުންތުން ދުވުން ނިންމައިގެނެވެ. މި ރެކޯޑް އެންމެ ފުރަތަމަ އޭނާ މުގުރައިލީ މިދިޔަ އަހަރު ބޭއްވި ގްރޯން ޕްރީ މުބާރާތުގައި 3000 މީޓަރުގެ ދުވުން 9:29 ސިކުންތުން ނިންމައިގެނެވެ. މިއީ 2011 ވަނަ އަހަރު އަޒްހަމް ވަހީދު ހަދައިފައިވާ ރެކޯޑެކެވެ. އޭނާ މި ރެކޯޑް ހެދީ 9:41 ސިކުންތުން ރޭސް ނިންމައިގެނެވެ.

މި މުބާރާތުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ކާމިޔާބުކުރި ތިން ރަން މެޑައްޔަކީ 100 މީޓަރު ދުވުމުންނާއި، 200 މީޓަރު ދުވުމުން އަދި 400 މީޓަރު ދުވުމުން އޭނާ ހޯދި މެޑައްޔެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް