ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 14:07
2012 ވަނަ އަހަރު ފެށި ހައުސިން ޔުނިޓްތައް
2012 ވަނަ އަހަރު ފެށި ހައުސިން ޔުނިޓްތައް
ޓްވިޓަރ
ހައުސިން މިނިސްޓްރީ
ތިން ރަށުގެ 52 އާއިލާއަށް ނުވަ އަހަރު ތެރޭގައި ނުދެވުނު ބޯހިޔާވަހިކަން ފޯރުކޮށްދިނީ މި ސަރުކާރުން
 
އެފަރާތްތަކަށް ދަތި އުނދަގޫތައް ދިމާވޭ
 
52 އާއިލާ ދިރިއުޅެމުން އައީ އަމިއްލައަށް ކުއްޔަށް ހިފައިގެން އެރަށުގައާއި ރަށުން ބޭރުގައި
 
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ މި އަހަރުގެ އޭޕްރީލް މަހު

ސަރުކާރުން އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ހދ. މާވައިދޫ އާއި ފަރިދޫ އަދި ކުނބުރުދޫގެ ގިނަ އާއިލާތަކެއް އެ އަތޮޅު ނޮޅިވަރަމްފަރަށް ބަދަލުވީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ތިން ރަށަކީ އެއަތޮޅުގެ އާބާދީ ކުޑަ ރަށްތަކަށް ވުމުން އެކަށީގެންވާ ޚިދުމަތް އެ އާއިލާތަކަށް ދިނުމަށެވެ.

ތިން ރަށުގެ މީހުންނަށް އަމާޒުކޮށް ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނިންމި ނަމަވެސް އެ މަސައްކަތް ފެށީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައެވެ. އެ އާއިލާތަށް ނޮޅިވަރަމްފަރަށް ބަދަލުކުރާތާ ގާތްގަނޑަކަށް 11 މަސް ތެރޭގައި ގެތަކަށް ވަދެވޭނެ ކަމުގެ ވައުދާއެކު ސަރުކާރުން އެމީހުން ބަދަލު ކުރި ނަމަވެސް އޭގެ ތެރެއިން 52 އާއިލާއަކަށް ގެދޮރު ނުދެވި އާއިލާތަށް މަގުމަތި ވިއެވެ. 11 މަސްތެރޭގައި ކުލީގެ ގޮތުގައި ސަރުކާރުން އައީ އެ އާއިލާތަކަށް ފައިސާ ދެމުންނެވެ. ނަމަވެސް 11 މަސް ދުވަސް ފަހުން އެފަރާތްތަކަށް އެއްވެސް ފައިސާއެއް ސަރުކާރުގެ ފަރާތުން ދީފައެއް ނުވެއެވެ. ފަހުން އައިސް އެ 52 އާއިލާ ދިރިއުޅެމުން އައީ އަމިއްލައަށް ކުއްޔަށް ހިފައިގެން އެރަށުގައާއި ރަށުން ބޭރުގައެވެ.

ރައީސް މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީނަށް ވަރުވަރުން ޕެޓިޝަން ހުށައެޅިއެވެ. އެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއްގެ ފަހުން އެމަސައްކަތް އަލުން ފެށިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފަހުކޮޅުއެވެ.

52 އާއިލާ މަގުމަތިވެ އެފަރާތްތަކަށް ދަތި އުނދަގޫތައް ދިމާވާކަމަށް އެ އާއިލާތަކުން ބުނެއެވެ. ދިވެހި ރައްޔިތުކަން ފަޅު ރަށަކަށް ބަދަލުވުމުގެ ސަބަބުން ބޭންކް މެދުވެރިކޮށް މުއާމަލާތްތައް ހިންގުމުގައާއި ކާކުކަން އެނގިގެން ޚިދުމަތް ހޯދާ ފަދަ ކަންތައްތަކަށް އުނދަގޫ ދިމާވާކަމަށް އެފަރާތްތަކުން ބުނެއެވެ.

ގެދޮރުވެރިކަން ނުލިބި އެތަށް ދުވަހެއް ވާން ފެށި އަދި އެމަސައްކަތް ނުފެށޭތީ އެރައްޔިތުން ބޭނުންވީ އެމައްސަލަ ކޯޓަށް ހުށައެޅުމަށެވެ. ނަމަވެސް މި ސަރުކާރު އައިތަނާހެން ނޮވެމްބަރު މަހުގެ ތެރޭގައި ހައުސިން މިނިސްޓަރ ރަށުކައުންސިލާއި އެރައްޔިތުންނާއި ބައްދަލު ކުރެއްވިއެވެ. އެބައްދަލުވުމުން ނިންމީ މަސައްކަތް އެހެން ކޮންޓްރެކްޓަރަކާއި ހަވާލު ކުރުމަށްފަހު އަންނަ ޖޫން މަހުގެ ތެރޭގައި ހައުސިން ޔުނިޓްތައް ނިންމާ 52 އާއިލާއަށް ބަދަލު ދިނުމަށެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ އާއިލާތަކަށް ބަދަލުގެ ގޮތުގައި 18،444،520.00 (އަށާރަ މިލިއަން ހަތަރު ލައްކަ ސާޅީސް ހަތަރުހާސް ފަސްސަތޭކަ ވިހި) ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.އަދި މި ފައިސާ އެ އާއިލާތަކަށް ދޫކުރާނީ ތިން މަރުހަލާ އަކަށް ބަހައިލައިގެންނެވެ.

އެ ތިން މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާގެ ފައިސާ ކަމަށްވާ 6،722،520.00 (ހަ މިލިއަން ހަތް ލައްކަ ބާވީސްހާސް ފަސްސަތޭކަ ވިހި) ރުފިޔާ މި އަހަރު ތެރޭގައި ދިނުމަށް ވަނީ ނިންމާފައެވެ.

ނުވަ އަހަރު ތެރޭގައި އެ ރައްޔިތުން އެންމެ އަސާސީ އިންސާނީ ހައްގުތަކުން މަހުރޫމުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
6%
71%
0%
6%
18%
0%
ކޮމެންޓް