ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 11:12
ރެއާލް މެޑްރިޑް އަދު ގްރަނާޑާ ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް މެޑްރިޑް އަދު ގްރަނާޑާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ގްރަނާޑާ އަތުން މޮޅުވެ ރެއާލުން އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި
 
މި މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 4-2 ގެ ނަތީޖާ އަކުން

ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައިގައި އޮތތް ރެއާލް މެޑްރިޑާއި ތާވަލުގެ ދެވަނައިގައި އޮތް ގްރަނާޑާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ރެއާލުގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާ އަކުންނެވެ.

މެޗު ފެށިގެން ރެއާލްގެ ކުޅުންތެރިން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ގްރަނާޑާގެ ހާފަށް ބާރުބޮޑު ކޮށްފައެވެ. އެގޮތުން ރެއާލުން ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގެރެތް ބޭލްގެ އެހީތެރިކަމާއިއެކު ކަރިމް ބެންޒެމާ އެވެ.

މި ލަނޑަށްފަހު ވެސް ރެއާލްގެ ކުޅުންތެރިން ދިޔައީ ފުލުފުލުގައި ގްރަނާޑާގެ ގޯލަށް ހަމަލާތައް އުފައްދަމުންނެވެ. ފުރަތަމަ ހާފުގައި ރެއާލްގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އިތުބާރު މިޑްފިލްޑަރ ޓޯނީ ކްރޫޒް އަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ސިޒަނުގައި އެޓީމާއި ގުޅުން ހުނަރުވެރި ފޯވާޑް އެޑިން ހަޒާޑްއެވެ. މިއީ ހަޒާޑް ރެއާލް އަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަށޑެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާ އަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ރެއާލުން ވަނީ ނުރައްކާތެރި ގިނަ ހަމަލާ ތަކެއް ގްރަނާޑާގެ ގޯލަށް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ރެއާލްގެ ލޫކާ މޮޑްރިޗް ވަނީ ހިތްގައިމު ލަނޑެއްޖަހާ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ.

މި ލަނޑާއެކު ގްރަނާޑާއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ރެއާލްގެ ހާފަށް ބާރު ބޮޑުކޮށްފައިވެއެވެ. އެގޮތުން މެޗުގެ 69 ވަނަ މިނެޓުގައި ގްރަނާޑާގެ މާރޗްސް ވަނީ ލިބުނު ޕެނަލްޓީ އަކުން ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންސްލައިން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ގްރަނާޑާގެ ޑްރޭތް ވަނީ އެޓީމަށް ލަނޑު ޖަހައިދީ އުންމީދު އާކޮށްފައެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ރެއާލްގެ ހަމޭސް ރޮޑްރިގޭޒް ވަނީ ލަނޑު ޖަހައި މެޗުން ރެއާލް މޮޅުކޮށްދީފައެވެ.

މި ނަތީޖާ އާއި އެކު ރެއާލުން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ލިބުނު 18 ޕޮއިންޓާއެކުގައެވެ. އަދި މެޗުން ބަލިވި ގްރަނާޑާ އޮތީ ލިބުނު 14 ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
0%
50%
ކޮމެންޓް