އަންގާރަ 22 އޮކްޓޯބަރ 2019
05 ހެއި
1441 ސަފަރު 23
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
މަޣްރިބް 17:53
އިޝާ 19:05
ދުނިޔެ - އިންޑިއާ ވިއްސާރަ

ހުޅަނގު މޫސުމުގެ ވިއްސާރައިގަ އިންޑިއާއިން 1900 އާއި ގާތްކުރާ ޢަދަދަކަށް މީހުން މަރުވި

  • 22 ސްޓޭޓެއްގެ 25 ލައްކައެއްހާ މީހުންނަށް ވިއްސާރައިގެ އަސަރު ސީދާގޮތެއްގައި ކުރި
  • ވީނުވީއެއް ނޭގި 738 މީހުން ވަނީ ގެއްލިފައި

ޒިހްނަތު ހަސަން
ziyo_mv

ކ. މާލެ 6 އޮކްޓޯބަރ 2019 | އާދީއްތަ 00:07 2,305

އިންޑިއާ ވިއްސާރައިގައ ބޮޑެތި ގެއްލުންތައް ލިބުނު ބިހާރް ސްޓޭޓްގެ މަގެއް - އެންޑީޓީވީ

އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ގާތްގަޑަކަށް 1900 މީހުން މަރުވެފައިވާ ކަމަށް އެޤައުމުގެ ދާޚިލީ ވުޒާރާއިން ބުނެފިއެވެ.

އިންޑިއާގެ ދާޚިލީ ވުޒާރާއިން މިިދިޔަ ހުކުރު ދުވަހު ޢާއްމުކުރި މަޢުލޫމާތުތަކައް ބަލާއިރު، ހުޅަނގު މޫސުމުގެ ވިއްސާރައިގައި ލިބުނު ތަފާތު އެކި ގެއްލުންތަކުގައި އެޤައުމުގެ އެކި ސްޓޭޓްތަކުން ޖުމްލަ 1،874 މީހުން މަރުވެ 46 މީހުން ގެއްލުނެވެ. އަދި 22 ސްޓޭޓެއްގެ 25 ލައްކައެއްހާ މީހުންނަށް ވިއްސާރައިގެ އަސަރު ސީދާގޮތެއްގައި ކުރިއެވެ.

ވިއްސާރައިގައި އެންމެ ގިނައިން މީހުން މަރުވީ މަހާރާޝްތްރަ ސްޓޭޓުންނެވެ. އެސްޓޭޓުގެ އެކި އަވަށްތަކުން 382 މީހުން މަރުވިއެވެ. ދެވަނައަށް އެންމެ ގިނައިން މީހުން މަރުވީ ވެސްޓް ބެންގާލް ސްޓޭޓުގައެވެ. އެއީ 227 މީހުންނެވެ. މި ދެ ސްޓޭޓް ފިޔަވައި ވިއްސާރައިގެ އަސަރު ދެންކުރި ސްޓޭޓްތަކުން މަރުވި މީހުންގެ ޢަދަދު 357 އަށް އަރާކަމަށް އިންޑިއާގެ ދާޚިލީ ވުޒާރާއިން ހާމަކުރެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކުރިމަތިވި ތަފާތު އެކި ޙާދިސާތަކުގައި ފާއިތުވެދިޔަ ހަތަރު މަސްދުވަހު ވީނުވީއެއް ނޭގި 738 މީހުން ގެއްލިފައިވާއިރު، 20،000 ޖަނަވާރުވެސް ވަނީ ގެއްލިފައެވެ. މެދުނުކެނޑި ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ސަތޭކަހާސް ގެއެއް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާއިރު، ދުއިސައްތަހާސް ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އަދި 14 ސަތޭކަހާސް ހެކްޓަރުގެ ދަނޑުބިން ހަލާކުވެފައިވާކަމަށްވެސް ކާރިސާތަކުން ލިބޭ ގެއްލުން ވަޒަން ކުރާ އިސް އޮފިޝަލުން ވިދާޅުވެއެވެ.

އިންޑިއާގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނާގޮތުގައި، އިންޑިއާގެ ހުޅަނގު މޫސުމް މިދިޔަމަހުގެ 30 އަށް ނިމުނު ނަމަވެސް، އަދިވެސް އުތުރު އިންޑިއާގެ ބައެއް ޞަރަޙައްދުތަކައް ވާރޭވެހެއެވެ. މިއަހަރުގެ ހުޅަނގު މޫސުމަކީ 1994 ވަނަ އަހަރަށްފަހު، އިންޑިއާއަށް އެންމެ ބޯކޮށް ވާރޭވެހުނުކަމަށް ރިކޯޑު ކުރެވުނު ފަހަރުކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް